-Advertisement-

-Advertisement-

ޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއްގެ ނަން އާންމުކޮށްފި

މީރާ ކަލެކްޝަންސް ސެންޓަރު

މި އަހަރުގެ ދެވަނަ ކުއާޓާއާ ހަމައަށް ޓޫރިޒަމް ދާއިރާ އިން ޖީއެސްޓީ އާއި ގްރީން ޓެކްސް ނުދައްކާ 170 ފަރާތެއްގެ ނަން އާންމުކޮށްފިއެވެ.

ނަން އާންމުކުރި ފަރާތްތަކަކީ ދެވަނަ ކުއާޓާއާ ހަމައަށް ޓީޖީއެސްޓީ އާއި ގްރީން ޓެކްސްގެ ގޮތުގައި އެއް ލައްކައަށް ވުރެ އިތުރަށް ދައްކަން ޖެހޭ ފަރާތްތައް ކަމަށް މީރާ ވަނީ ބުނެއެވެ.

މީރާއިން އާއްމުކޮށްފައިވާ ލިސްޓުގައި ރިސޯޓު ވިޔަފާރީގައި ނަން މަޝްހޫރު ގިނަ ކުންފުނިތައް ހިމެނެއެވެ. އެގޮތުން، ފިލިތެޔޮ އާއި ހޮނޑާފުއްޓާއި މެދުފުއްޓަކީ ތްރީއޭ ކުންފުނީގެ ތިން ރިސޯޓެވެ. އެއީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގެ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ އާއިލާ އިން ހިންގާ ކުންފުންޏެކެވެ. ރަހާ ރިސޯޓަކީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ ރިސޯޓެކެވެ.

ޓީޖީއެސްޓީ/ގްރީން ޓެކްސް ނުދައްކާ ކުންފުނިތައް:

– ތްރީއޭ (ފިލިތެޔޮ، މެދުފުށި، ހޮނޑާފުށި ރިސޯޓު)

– ކިހާ މޯލްޑިވްސް

– ޓްރައިޓަން ޕްރިސްޓީޖް

– ރަހާ ރިސޯޓު

– މޫދު ހޮލިޑޭސް

– ވެލިދޫ އައިލެންޑް ރިސޯޓު

– އޯގާ އާޓް ރިސޯޓު

– ރިޒޯޓް ލައިފް ޓްރެވަލް

– ސައުތު ޕާމް ރިސޯޓު

– ނަޒާކީ ހޮޓެލްސް އެންޑް ރިސޯޓްސް

– އެރިޔަދޫ އައިލެންޑް ރިސޯޓު

– މިރިހި އައިލެންޑް ރިސޯޓު

މީރާއިން ބުނާ ގޮތުގައި މިފަރާތްތަކުގެ ނަން އާއްމުކޮށްފައި މިވަނީ ނަން ހާމަކުރުމުގެ ކުރިން ފައިސާ ދެއްކުމަށް ތަކުރާރުކޮށް ހަނދާންކޮށްދީ ތަފާތު ނޯޓިސްތައް ފޮނުވައި އިތުރު މުއްދަތުތަކާއި ފުރުސަތުތައް ވެސް ދިނުމަށް ފަހުއެވެ.

މީގެއިތުރުން މީރާއިން ބުނީ، ފާއިތުވި ތިން މަސް ތެރޭގައި ޖުމްލަ 44،390 އެސްއެމްއެސް، 22,761 ފޯނުކޯލް އަދި 30,550 ނޯޓިސް ޓެކްސް ދައްކާ ފަރާތްތަކަށް ފޮނުވާފައިވާ ކަމަށާއި އޭގެ އިތުރުން 397 ފަރާތަކަށް އިންސްޓޯލްމަންޓް ޕްލޭންތަކުގެ ދަށުން ބަހާލައިގެން ފައިސާ ދެއްކޭނެ ލުއިގޮތްތަށް ހަމަޖައްސައިދީފައިވާނޭ ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-