-Advertisement-

-Advertisement-

އެމްއެމްއޭއިން ޑިވެލޮޕްމަންޓް ބޭންކަށް ލައިސަންސް ދީފި

ފޮޓޯ: އެމްއެމްއޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކަށް ބޭނުންވާ ލައިސަންސް ދީފިއެވެ.

މިއަދު އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކަށް ބޭނުންވާ ލައިސަންސް ހަވާލުކޮށްދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރުއެވެ. މި ލައިސަންސާ ހަވާލުވެވަޑައިގަތީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް މި އަހަރުގެ މެއި 16 ވަނަ ދުވަހު ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ނަމުގައި ބޭންކު ހުޅުވާފައިވާއިރު، މިބޭންކު ހުޅުވައި ހިދުމަތް ދޭން ފެށުމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އާއި ހަކަތައިގެ ދާއިރާ އަދި ބިނާވެށީގެ ދާއިރާގެ އިތުރުން ތަރައްޤީގެ އެހެނިހެން ދާއިރާތަކުންވެސް ރާއްޖޭގައި އިންވެސްޓް ކުރައްވާ ފަރާތްތަކަށް ހަބެއްގެ ގޮތުގައި ބޭނުން ކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ސަރުކާރުން ވަނީ މިހާރު ޑިވެލޮޕްމަންޓް ބޭންކްގެ ޗެއާޕާސަންގެ މަޤާމަށް އަރޫނީ ގޫނަތިލަކަ އަދި ސީއީއޯގެ މަގާމަށް ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސް އައްޔަން ކުރައްވައިފައެވެ. ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުގައި މިއަހަރުގެ ތެރޭގައި މިބޭންކު ހުޅުވައި ހިދުމަތް ދޭން ފެށުމަކީ ސަރުކާރުގެ އަމާޒެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-