-Advertisement-

-Advertisement-

ތެލެސީމިއާ ކުދިންގެ ދަފުތަރަށް 13 ކުއްޖަކު އިތުރުވެއްޖެ

ފޮޓޯ: ދެން.އެމްވީ

ތެލެސީމިއާ ކުދިންގެ ދަފުތަރަށް 13 ކުއްޖަކު އިތުރުވެއްޖެކަމަށް މޯލްޑިވިއަން ބްލަޑް ސާވިސަސްއިން ބުނެފިއެވެ.

މިއަހަރުގެ މިހާތަނަށް 13 ކުދިން ކުއްޖަކު ތެލެސީމިއާ ދަފްތަރަށް އިތުރުވެފައިވާއިރު، މިއީ މިދިޔަ އަހަރަށް ވުރެ ތިން ކުދިންގެ އިތުރުވުމެއް ކަމަށް މޯލްޑިވިއަން ބްލަޑް ސާވިސަސްއިން ވަނީ ބުނެފައެވެ. މިދިޔަ އަހަރު ދަފުތަރުގައި އަލަށް ހިމަނާފައިވަނީ 10 ކުދިންނެވެ.

ތެލަސީމިއާ ކުދިންގެ ދަފްތަރުގައި މިހާތަނަށް 944 ކުދިން ވަނީ ހިމަނާފައެވެ. އޭގެ ތެރެއިން މިހާރު ދުނިޔޭގައި 659 ތިބިއިރު، އާބާދީގެ ނިސްބަތުން ބަލާ އިރު ރާއްޖޭގައި ތެލަސީމިއާ ކުދިން ގިނަކަން ފާހަގަކުރެވެއެވެ.

ސަރުކާރުން އަންނަނީ މިކަމާއި ގުޅޭ ގޮތުން މީހުން ހޭލުންތެރިކުރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ކައިވެނި ކުރުމުގެ ކުރިން ކެރިއަރެއްތޯ ބެލުމަށް ޓެސްޓްކުރުމަށް ހިތްވަރު ދިނުން ހިމެނެއެވެ.

މީގެއިތުރުންވެސް ސަރުކާރުން އަންނަނީ ތެލަމީސިމިއާ ކުދިންނަށް ބޭނުންވާ ބޯންމެރޯ ޓްރާންސްޕްލާންޓް ފަރުވާ ވެސް ހިލޭ ފޯރުކޮށް ދެމުންނެވެ. އެގޮތުން މިހާރުވެސް ބޯންމެރޯގެ ފަރުވާދޭ ކުދިން ތިބި އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކޮންމެ އަހަރަކު ވެސް ޒަކާތު ފަންޑުން 10 ކުއްޖަކަށް ބޯންމެރޯގެ ފުރުސަތު ދޭން ނިންމައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-