-Advertisement-

-Advertisement-

ޑްރަގާއެކު އެއަރޕޯޓުން ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް!

ޑްރަގާއެކު މިމަހުގެ 7 ވަނަ ދުވަހު ފުރަންގޮސް ހުއްޓައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހައްޔަރުކުރި ޒުވާނާގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކުރި ށ. ނޫމަރާ / ހަވީރީގެ، އުމުރުން 24 އަހަރުގެ ޢަބްދުﷲ ފަޞީހް ހައްޔަރުކޮށްފައި ވަނީ، 340 ގްރާމްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެއްޗާއެކު ކަމުގައި ފުލުހުން ބުނެފައިވެއެވެ.

އެގޮތުން ފުލުހުން މިއަދު ހާމަކުރި ގޮތުގައި، އޭނާގެ ބަންދަށް ފުރަތަމަ ޖެހި 5 ދުވަސް ހަމަވުމާއި ގުޅިގެން ފަސީހްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ އެއް މަސް ދުވަހަށް ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައި ވާކަމަށެވެ.

މި ފާއިތުވި ދެމަސްދުވަހުގެ ތެރޭގައި މަސްތުވާތަކެއްޗާއެކު އެއަރޕޯޓުން ގިނަ އަދަދެއްގެ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

އޭގެ ތެރޭގައި ދިވެހިންނާއި ބިދޭސީންވެސް ހިމެނެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-