-Advertisement-

-Advertisement-

ސައްޙަ ނޫން 500 ރުފިޔާ މާރުކުރަން އުޅުނު މީހެއް ހައްޔަރުކޮށްފި

ކްރިމިނަލް ކޯޓް - ފޮޓޯ/ ރާއްޖެއެމްވީ

ކެފޭއަކުން ސައްޙަ ނޫން 500 ރުފިޔާ މާރުކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.

މި މަައްސަލައިގައި ހައްޔަރުކުރި  ކ. ކާށިދޫ، ހައިވަކަރުގެ، އުމުުރުން 50 އަހަރުގެ އަބްދުﷲ ސައީދު ހައްޔަރުކޮށްފައިވަނީ، ކެފޭއަކަށް ވަދެ ވަގު 500 ރުފިޔާ މާރުކުރުމަށް މަސައްކަތް ކުރުމާއި ގުޅިގެންނެވެ.

އެގޮތުން އޭނާގެ ބަންދާއު މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާ 3 ދުވަހަށް ހައްޔަރުކުރުމަށް އަމުުރުކޮށްފައެވެ.

އެހެން ނަމަވެސް ޝަރީޢަތުގައި އޭނާ ވަނީ ކުރެވޭ ތުޙުމަތުތަކަށް އިންކާރުކޮށް އެ ރުފިޔާއަކީ އެހެން މީހަކު އޭނާ ކައިރީގައި މާރުކޮށްދިނުމަށް އެދުނު 500 ރުފިޔާކަމުގައި ބުނެފައެވެ.

އެހެން ނަމަވެސް ގާޒީ ވަނީ މިއީ ކައުންޓަފީޓް ނޫޓާ ގުޅޭ މައްސަލަލައަކަށްވުމުން އޭނާ ބަންދު ކުރުމަށް ނިންމައިފައެވެ.

އަދި އެމީހާ ކުށް ކުރި ކަމުގެ ހެކި ކޮންމެވެސް ވަރަކަށް ހުށަހަޅާފައިވާތީ އެ ކޯޓުން ނިންމާފައި ވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ތިން ދުވަހުގެ މުއްދަތަށް އެމީހާ ބަންދުގައި ބެހެއްޓުމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-