ރައްޔިތުންގެ މަޖިލިހުގެ ފ އަތޮޅު ދާއިރާގެ މެމްބަރުކަން ކުރެއްވި އަބްދުލްޣަފޫރު އިބްރާހިމް އަވަހާރަވެއްޖެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަބްދުލްޣަފޫރު އަވަހާރަވެފައިވަނީ ސްޓްރޯކެއް ޖެހިގެން ފަރުވާ ހޯއްދަވަމުން އަންނަނަކޮށް މިއަދުގެ ވަގުތެއްގައެވެ.
ރައްޔިތުންގެ މަޖިލިހުގެ އިދާރާއިން ކުރި ޕޯސްޓެއްގައިވެސް ވަނީ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި މެމްބަރުންގެ ނަންފުޅުގައި އާއިލާއަށް ތައުޒިޔާ ފޮނުވައިފައެވެ.
އަބްދުލްޣަފޫރު އިބްރާހީމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ފ. އަތޮޅު މެމްބަރުކަން ފެބްރުއަރީ 27، 2005 އިން މެއި 27، 2009 އަށް ކުރައްވައިފައެވެ.