-Advertisement-

-Advertisement-

ބޮޑުތަކުރުފާނު މަގުން ދަތުރުކުރި ޕިކަޕެއްގައި އަލިފާން ރޯވެއްޖެ

މާލޭގެ ބޮޑުތަކުރުފާނު މަގުން ދުއްވާފައި ދިޔަ ޕިކަޕެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ހާމަކުރި ގޮތުގައި މިއަދު ހެނދުނު 08:39 ހާއިރު ބޮޑުތަކުރުފާނު މަގުން އިރަށް ދަތުރު ކުރަމުންދިޔަ ޕިކަޕެއްގައި އަލިފާން ރޯވި ކަމުގެ ރިޕޯޓް ވަނީ ލިބިފައެވެ.

އެ އިދާރާއިން ބުނެފައިވަނީ އެ ޕިކަޕުގައި އަލިފާން ރޯވެފައި ވަނީ، ޕިކަޕުގެ ބެޓެރީ ޝޯޓްވުމުގެ ސަބަބުން ކަމުގައެވެ.

އަދި ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން އެ ތަނުގައި ހަރަކާތްތެރިވެފައި ވާކަމަށާއި އަދި އެ ސަރަހައްދަށް ދިޔަތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި 8:42 ހާއިރު އެ އަލިފާންގަނޑު ނިއްވާލެވިފައިވާކަމުގައިވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމުގައިވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-