ދިވެހިރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާ ސަފީރު ކަމަށް މ. ވެސްޓްސައިޑް އަހުމަދު ސަރީރު އައްޔަންކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
ސައުދީ ސަފީރަކަށް ސަރީރު އައްޔަން ކުރުމާމެދު ގޮތެއް ކަނޑައެޅުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލިހަށް ސިޓީއެއް ފޮނުއްވުމާއެކު މިއަދުގެ މަޖިލިހުގެ ޖަލްސާގައި ވަނީ އެ މައްސަލަ ދިރާސާކުރުމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވައިފައެވެ.
ޚާރިޖީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވައިފައިވާ ސަރީރު ސައުދީ ސަފީރަކަށް އައްޔަން ކުރަނީ މިވަގުތު އެ މަޤާމު ހުސްވެފައި އޮތުމުންނެވެ.
ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅައިފައިވާ ސަފީރުގެ މަޤާމު ހުސްވެފައިވަނީ ކުރިން ހުންނެވި، މުހައްމަދު ތާހާ، ޕާކިސްތާން ސަފީރަކަށް ބަދަލުކުރުމާ ގުޅިގެންނެވެ.