-Advertisement-

-Advertisement-

ހަށިވިއްކަމުންދިޔަ 7 މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފި

ސްޕާއެއްގައި ހަށިވިއްކަމުން ދިޔަ މީީހުން: ފޮޓޯ/ފުލުހުން

ފުޅާ ދާއިރާގައި ހަށިވިއްކަމުން ދިޔަ 7 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ، ހުޅުމާލޭގައި ފުޅާ ދާއިރާއެއްގައި ހަށި ވިއްކަމުންދާ ކަމުގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭގެ ތަނެއް، ކޯޓު އަމުރުގެ ދަށުން ބަލައި ފާސްކޮށްފައިވާކަމަށެވެ.

އަދި މި އޮޕަޜޭޝަންގެ ތެރެއިން 7 މީހަކު ހައްޔަރުކޮށްފައި ވާކަމަށާއި އޭގެ ތެރޭގައި ހިމެނެނީ، ދިވެހި ތިން އަންހެނުންނާއި ދިވެހި ފިރިހެނެއްގެ އިތުރުން ތައިލެންޑު ތިން އަންހެނުން ކަަމަށް ފުލުހުން ބުނެފައި ވެއެވެ.

މީގެ އިތުރުން ފުލުހުން ހާމަކުރި ގޮތުގައި ހައްޔަރުކުރި 7 މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް  ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ތައިލެންޑު ތިން އަންހެނުން 10 ދުވަހަށް ބަންދުކުރުމަށް އަދި ދިވެހި ތިން އަންހެނުން ހަތް ދުވަހަށް އަދި ފިރިހެން މީހާ ފަސް ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.

މާލެ ސަރަޙައްދުގައި ގިނަ ސްޕާތަކެއް ހިންގަމުން އަންނަ އިރު ގިނަ އާންމުން ތުހުމަތު ކުރާ ގޮތުގައި މިފަދަ ގިނަ ތަންތަން ހިންގަމުން އަންނަނީ ހަށިވިއްކުމާއި އެފަދަ އެހެނިހެން ޖިންސީ އަމަލުތައް ހިންގުމަށެވެ.

އެގޮތުން ދޭތެރެ ދޭތެރެއިން މި ފަދަ ތަންތަން ބަލައި ފާސްކޮށް އޭގެ އިތުުރުންވެސް ގެސްޓް ހައުސް ފަދަ ތަންތަނުންވެސް ހަށި ވިއްކަމުން އަންނަ މީހުން ހައްޔަރު ކުރާކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގައި އާންމުގޮތެއްގައި މި ވިޔަފާރީގައި ހަރަކާތްތެރިވަނީ ބިދޭސީ އަންހެނުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-