-Advertisement-

-Advertisement-

އުދައަރާނެކަމަށް ލަފާކޮށް ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު!

ގދ ތިނަދޫއަށް މީގެ ކުރިން އުދައެރި ،މަންޒަރެއް

މިއަދު ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައަރާފާނެކަމަށް ލަފާކޮށް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އުދާރާއިން މިއަދު މެންދުރު 14:30އި ހަމައަށް ދެކުނުގެ އަތޮޅުތަކަށް ނެރުނު ހުދުސަމާލުގައި ބުނެފައިވަނީ، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ރަށްތަކަށް އުދައަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

އެ އިދާރާއިން ލަފާކުރާ ގޮތުގައި މިއަދުވެސް މެދު ރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެކަމަށާއި ގުގުރުން ވެސް އެކަށީގެންވާކަމަށެވެ.

އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަަކަށް ގަދަވެފަައި، ވިލާގަނޑުގައި ގަަދަވާނެކަމަށާއި ރާޅުގެ އުސްމިން ހުންނާނީ 3-6 ފޫޓުގެ އުސްމިނުގައި ކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.

އެހެން ނަަމަވެސް އުތުރުގެ އަތޮޅުތަކަށް މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

އިއްޔެވެސް ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އަރާފައިވާއިރު ގދ ނަޑެއްލާއަށްވެސް ވަރަށް ބޮޑަށް އުދައަރައި އެރަށުގެ ގެތަކާއި ހަމައަށް ލޮނުގަނޑު ގޮއްސައިވާކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-