-Advertisement-

-Advertisement-

ބީއެމްއެލްގެ ސީއީއޯގެ މަޤާމަށް ޝަރީފް އައްޔަންކޮށްފި

ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯގެ މަޤާމަށް މުޙައްމަދު ޝަރީފް އައްޔަންކޮށްފިއެވެ. އެއާއެކު ޝަރީފް ވެވަޑައިގެންނެވީ، ބީއެމްއެލްގެ ސީއީއޯއަކަށް އައްޔަންކުރެއްވި ފުރަތަމަ ދިވެހި ސީއީއޯއަށެވެ.

ބީއެމްއެލްއިން މިއަދު ހާމަކޮށްފައިވާ ގޮތުގައި ޝަރީފް މާދަމާއިން ފެށިގެން އެ މަޤާމާއި ހަވާލުވެވަޑައިގަންނަވާނެއެވެ.

ޝަރީފް ސީއީއޯގެ މަޤާމަށް އައްޔަން ކުރެއްވީ، އެ މަޤާމުގައި ކުރިން ހުންނެވި ކާލް ސްޓުމްކަ މިދިޔަ މަހުގެ 9 ގައި އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. މިއާއިއެކު ބީއެމްއެލް އިން ސީއީއޯއެއް ހޯދުމަށް ހުސްވި މަހުގެ 22 ގައި އިއުލާން ކުރުމުން އެމަޤާމަށް ކުރިމަތިލެއްވި ހަމައެކަނި ދިވެއްސަކީ ޝަރީފްކަމަށް ބީއެމްއެލް އިން ބުނެފައިވެއެވެ.

ޝަރީފަކީ މީގެ ކުރިން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯގެ މަޤާމު ފުރުއްވާފައިވާފައިވާ ބޭފުޅެކެވެ. 1995 ވަނަ އަހަރު ބީއެމްއެލްއަށް ގުޅިވަޑައިގަތުމަށްފަހު 2022 ވަނަ އަހަރު މަޤާމުން އިސްތިއުފާ ދެއްވާފައިވާއިރު، ޝަރީފް ވަނީ ބޭންކުގެ ހިންގުން ޒަމާނީ ކުރުމަށާއި ބޭންކަށް 25 އަހަރަށް ވުރެއް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ. މީގެ ތެރޭގައި އެގްޒެކްޓިވް އަދި ބޯޑުލެވަލްގައި 7 އަހަރަށްވުރެ ދިގު މުއްދަތަކަށް ޝަރީފް ވަނީ ޚިދުމަތް ކުރައްވާފައެވެ.

ބީއެމްއެލް އިން ވަކިވެވަޑައިގަތުމަށްފަހު ޝަރީފް ވަނީ އެގްޒެކްޓިވް މަޤާމުތަކާއި ކޮންސަލްޓެންޓެއްގެ ގޮތުގައި މަސައްކަތްތަކެއް ކުރައްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-