ޑްރަގް ފަރުވާއަށް އެއްބާރުލުން ނުދޭ މީހުންނަށް ފިޔަވަޅު އަޅަން ނޭޝަނަލް ޑްރަގް އެޖެންސީ އާއި ޑްރަގް ކޯޓުން މަޝްވަރާކޮށްފިއެވެ.
މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ޑްރަގް ކޯޓުގެ ދަށުން ފަރުވާއަށް ޙުކުމް ކުރެވި ފަރުވާ ތަންފީޒު ކުރަން ފެށުމަށްފަހު އެއްބާރުލުން ނުދޭ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އެޅުމަށާއި ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް އެންޑީއޭގެ ބޯޑާއި ޑްރަގް ކޯޓާއި ދެމެދު ވަނީ މަޝްވަރާ ކުރެވިފައިވާ ކަމަށް އެންޑީއޭއިން ބުނެފައިވެއެވެ.
The NDA board and drug court convened a meeting to ensure the efficient implementation of court decisions regarding clients, and to enhance collaboration in order to improve the clients' treatment and recovery outcomes. pic.twitter.com/2OBbV0nTFH
— National Drug Agency (@NDA_MV) October 16, 2024
މީގެއިތުރުން، އެންޑީއޭއިން ބުނީ މިބައްދަލުވުމުގައި ދެފަރާތުން ގުޅިގެން ކުރެވޭ މަސައްކަތްތަކުގައި އެދެވޭ ނަތީޖާ ނެރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކާއި މެދު މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ރިހިބިލިޓޭޝަން ޕްރޮގްރާމްތަކަކީ އެންޑީއޭއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދަނީ ޕްރޮގްރާމެއް ކަމަށްވާއިރު، އެ ތަނުގެ ބަޖެޓުގެ ގޮތުގައި މިއަހަރު ހިމަނާފައިވަނީ 117 މިލިއަން ރުފިޔާއެވެ. އެހެންނަމަވެސް ރިހެބިލިޓޭޝަންގެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން މިހާރު އިތުރު 30 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނަން ނިންމާފައިވާ ކަމަށް ވެސް އެންޑީއޭއިން ބުނެފައިވެއެވެ.