ގިނަ އަދަދެއްގެ ރުފިޔާގެ ފޭކް ސްލިޕު ފޮނުވައިގެން ޑޮލަރު ގަތް މީހެއް ފުލުހުން ހައްޔަރުކޮށްފިއެވެ.
މިމައްސަލަ އާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައި ވަނީ މާލެއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ މުޙައްމަދު ޙާޝިމެވެ.
އޭނާގެ ބަންދާއިމެދު ގޮތެއް ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި 15 ދުވަހަށް އޭނާ ބަންދު ކުރުމަށް އަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުން ނެރެފައިވާ ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި ޒައިދާން ވަނީ 28,000ށް ވުރެއް ގިނަ ފައިސާގެ ފޭކް ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން ޑޮލަރު ގަނެފައެވެ.
މިފައިސާ ޒައިދާން އަނބުރާ ދީފައިވާ ކަމަށާއި ބާކީ ފައިސާ އޭނާގެ އަނބިމީހާ އާއި އާއިލާއިން ދޭނެކަމަށް ބަންދު އަމުރުގައި ބުނެފައިވެއެވެ.