ސްޓެލްކޯއިން ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެކުންފުނިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ, ކަރަންޓުގެ ޚިދުމަތުގެ ދެމެހެއްޓެނިވިކަން އިތުރަށް ކަށަވަރުކޮށް މާލޭގެ މަތިވަމުންދާ ޑިމާންޑާއި އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށާއި ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ކަރަންޓުގެ ޚިދުމަތުގެ ދެމެހެއްޓެނިވިކަން އިތުރަށް ކަށަވަރުކޮށް މާލޭގެ މަތިވަމުންދާ ޑިމާންޑާއި އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށާއި ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން މިކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މަޖީދީމަގާއި ސޯސަންމަގު ގުޅޭ… pic.twitter.com/SRovcCtH95
— STELCO (@STELCOMALDIVES) October 18, 2024
މިމަސައްކަތުގެ ތެރެއިން މަޖީދީމަގާއި ސޯސަންމަގު ގުޅޭ ކަންމަތީގައި ގާއިމްކޮށްފައިވާ ސަބްސްޓޭޝަނުގެ ކެޕޭސިޓީ އިތުރުކުރުމަށް އެތަނުގައި ބަހައްޓާފައި ހުރި 630 ކޭވީއޭގެ ޓްރާންސްފޯމަރެއް އެތަނުން ނަގައި، 1500 ކޭވީއޭގެ ޓްރާންސްފޯމަރެއް މިހާރު އެތަނުގައި ބަހައްޓާފައިވާ ކަމަށް އެކުންފުނިން ބުނެފައިވެއެވެ.
ސްޓެލްކޯއިން އިތުރަށް ބުނީ މާލޭގެ ކަރަންޓުގެ ޑިމާންޑާއި އެއްވަރަށް ކޭޓަރ ކުރުމަށް، ޑިސްޓްރިބިއުޝަން ވިއުގައިގެ ކެޕޭސިޓި އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް މިއަހަރުގެތެރޭ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.