-Advertisement-

-Advertisement-

ވައްކަމުގެ ކުށުގައި އުމުރުން 39 އަހަރުގެ ފިރިހެނެއް 69 ވަނަ ފަހަރަށް ހައްޔަރުކޮށްފި

ކްރިމިނަލް ކޯޓު /ފޮޓޯ: ސަން

ވައްކަމުގެ ކުށުގައި އުމުރުން 39 އަހަރުގެ ފިރިހެނެއް 69 ވަނަ ފަހަރަށް ހައްޔަރުކޮށްފިއެވެ.

ފުވައްމުލައް ސިޓީއަށް ނިސްބަތްވާ މިމީހާ ފުލުހުން އެންމެ ފަހުން ހައްޔަރުކޮށްފައި ވަނީ ވައްކަމުގެ ކުށުގައެވެ.

އޭނާގެ ބަންދާއި މެދު ގޮތެއް ކަނޑައަޅަމުން ގާޟީ ބުނެފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރި ކުށް, ކުރި ކަމަށް ތުހުމަތު ކުރެވޭ ވަރަށް ކޮންމެވެސް ވަރަކަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ.

އޭނާއަކީ ކުށުގެ ރިކޯޑު އޮންނަ މީހެއް ކަމަށާއި މިހާތަނަށް 69 ފަހަރު އޭނާ ބަންދުކޮށްފައިވާކަން ފާހަގަކޮށް ގާޟީ ވަނީ 15 ދުވަހަށް އޭނާ ބަންދު ކުރުމަށް އަމުރުކޮށްފައެވެ.

ބަންދު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި އޭނާ ވައްކަން ކޮށްފައި ވަނީ އިތުރު މީހަކާއި ގުޅިގެންނެވެ.

-Advertisement-

-Advertisement-

-Advertisement-

Leave a comment

Leave a Reply


ގުޅުންހުރި

-Advertisement-