-Advertisement-

-Advertisement-

ވަޒީފާ ދިން ފަރާތުގެ އިހުމާލަކުން މުވައްޒަފެއްގެ ފުރާނަ ގެއްލިއްޖެނަމަ 1.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޭންޖެހޭ

ފޮޓޯ: އަދަދު

ވަޒީފާގެ މާހައުލުގައި ވަޒީފާ ދިން ފަރާތުގެ އިހުމާލަކުން މުވައްޒަފެއްގެ ފުރާނަ ގެއްލިއްޖެނަމަ 1.4 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ބަދަލެއް ދޭން ޖެހޭ ގޮތަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން ކަނޑައަޅައިފިއެވެ.

އެއޮތޯރިޓީން އެކުލަވާލާފައިވާ ‘މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ޤަވާއިދު’ ގައި ބަޔާންކޮށްފައިވާ ގޮތުގައި މަސައްކަތުގެ މާހައުލުގައި ނުވަތަ މަސައްކަތުގެ ސަބަބުން މީހަކަށް އަނިޔާއެއްވެ، ވަގުތީ ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވެއްޖެނަމަ، އަދި މަސައްކަތްތެރިއެއްގެ ފުރާނަ ހިނގައްޖެނަމަ، ޚަރަދުތަކާއި ގެއްލުމުގެ ބަދަލު އެ މީހަކަށް ނުވަތަ އެ މީހެއްގެ ވާރިސުންނަށް ދޭންޖެހޭނެއެވެ.

ޤަވާއިދުގައި ކަނޑައަޅާފައިވާ ގޮތުގައި ލިބުނީ އަނިޔާއެއްނަމަ ބޭސްފަރުވާގެ ހުރިހާ ޚަރަދަކާއި، އަނިޔާގެ ސަބަބުން މަސައްކަތަށް ނުނިކުމެވޭ ދުވަސްތަކުގެ އުޖޫރައާއި، އަނިޔާގެ ސަބަބުން ކުރިމަތިވި ވަގުތީ އަދި ދާއިމީ ނުކުޅެދުންތެރިކަމުގެ ބަދަލު ވެސް ދޭންޖެހޭނެއެވެ. ހަމައެއާއެކު މަސައްކަތުގެ މާހައުލުން ލިބުނު ގެއްލުމަކުން މުވައްޒަފުގެ ފުރާނަ ގޮސްފިނަމަ، މުވައްޒަފުގެ އާއިލާއަށް ގެއްލުމުގެ ބަދަލުވެސް ދޭންޖެހޭނެއެވެ.

މީގެއިތުރުން، އެ ބަދަލު ދޭއިރު މުވައްޒަފަކާ މަސައްކަތް ހަވާލުކުރި ފަރާތުން އިހުމާލުވެފައި އޮތް މިންވަރާއި މަސައްކަތްތެރިޔާގެ އުމުރާއި އޭނާގެ އުޖޫރައަށް ބަލާނެ ކަމަށާއި ބަދަލު ދޭންޖެހޭ އެންމެ ކުޑަ އަދަދަކީ 1.46 މިލިއަން ރުފިޔާ އަދި އެންމެ ބޮޑު އަދަދަކީ 15.4 މިލިއަން ކަމަށް ވެސް އެޤަވާއިދުގައިވެއެވެ. އަދި މަސައްކަތް ހަވާލުކުރި ފަރާތުގެ އެއްވެސް އިހުމާލެއް ނެތި ދިމާވި ހާދިސާއެއްގެ ސަބަބުން މުވައްޒަފުގެ ފުރާނަ ހިނގައްޖެނަމަ، ވާރިސުންނަށް ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 50،000 ރުފިޔާ ދޭންޖެހޭނެ ކަމަށް ވެސް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

Leave a comment

Leave a Reply


ގުޅުންހުރި

-Advertisement-