-Advertisement-

-Advertisement-

ނޮވެމްބަރު 10 ވަނަ ދުވަހު ސަރުކާރު ބަންދު!

ފޮޓޯ: ހަބަރު

އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސް ކަނޑައަޅުއްވައިފިއެވެ.

ރައީސް ޑރ މުޙައްމަދު މުޢިއްޒު މުފަދައިން ނިންމަވައި، ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ، ނޮވެމްބަރު 10 ވާ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖައްސަވައިފައި ވާކަމަށެވެ.

އެގޮތުން ރައީސް މިފަދައިން ނިންމެވީ، ނޮވެމްބަރު 11 ވާ ހޯމަ ދުވަހަކީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސަރުކާރު ބަންދު ދުވަހަކަށް ވުމާއި ގުޅިގެން އެ ދުވަހާއި ދިމާކުރައްވައިކަމަށެވެ.

މި އަހަރު ކަލަންޑަރުގައިވާ ގޮތުން ޖުމްހޫރީ ދުވަހުގެ ކުރިއަށް އޮތް ދުވަހަކީ ރަސްމީ ދުވަހަކަށްވާތީ ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނެތް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭ ގޮތަށް ހަމަޖައްސައި ދިނުމަށް ރައީސް މިފަދައިން ނިންމެވީ ކަމުގައި ރައީސް އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ ކުރިންވެސް ސަރުކާރު ބަންދުދުވަސްތަކުގެ ކުރިއަށް އަންނަ ބައެއް ދުވަސްތައް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައި އެކި އެކި ރައީސުން ނިންމަވައެވެ.

-Advertisement-

-Advertisement-

-Advertisement-

Leave a comment

Leave a Reply


ގުޅުންހުރި

-Advertisement-