-Advertisement-

-Advertisement-

ޔޫޕީއައި ރާއްޖެއަށް ތައާރަފް ކުރުމަށް ރައީސް ނިންމަވައިފި

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ވަޒީރުންގެ ލަފާ ހޯދައިފި-ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ “ޔުނިފައިޑް ޕޭމަންޓް އިންޓަރފޭސް” (ޔޫޕީއައި) ރާއްޖެއަށް ތައާރަފް ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރިއަށްގެންދިއުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާ އާއިއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށް ގެންދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށްފަހު ރައީސް ނިންމެވީ ޔޫޕީއައި ތައާރަފުކުރުމަށްޓަކައި، ކޮންސޯޓިއަމްއެއް ގާއިމު ކުރުމަށެވެ.

ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި މި ކޮންސޯޓިއަމްގައި، ރާއްޖޭގެ ބޭންކުތަކާއި، ޓެލެކޮމް ކުންފުނިތަކާއި، ސަރުކާރުގެ ކުންފުނިތައް އަދި ރާއްޖޭގައި ހަރަކާތްތެރިވާ ފިންޓެކް ކުންފުނިތައް ހިމެނުމަށް ރައީސް ވަނީ ކަނޑައަޅުއްވާފައެވެ. އަދި މި ކޮންސޯޓިއަމް ލީޑް ކުރާނެ އޭޖެންސީއެއްގެ ގޮތުގައި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑު ހަމަޖައްސަވާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ޔޫޕީއައި ގާއިމުކުރުމުގެ މަސައްކަތް ވިލަރެސްކުރުމަށް މާލީ ވުޒާރާ އާއި، ދާހިލީ ސަލާމަތާއި ފަންނިޔަތާއި ބެހޭ ވުޒާރާ އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ހިމެނޭ އިންޓަރ އޭޖެންސީ ކޯޑިނޭޝަން ޓީމެއް އެކުލަވައިލުމަށް ވެސް ނިންމަވާފައެވެ.

ޔޫޕީއައި އަކީ ގިނަ ބޭންކް އެކައުންޓްތައް އެއް މޮބައިލް އެޕްލިކޭޝަނަކަށް (ބައިވެރިވާ ކޮންމެ ބޭންކެއްގެ) ބާރުދީ، ބޭންކިންގެ ގިނަ ފީޗާތައް އެއްކޮށްލުމާއި، ސީމްލެސް ފަންޑް ރޫޓިން އަދި މާޗަންޓް ޕޭމަންޓްތައް އެއް ހޫޑަކަށް ބަދަލުކުރާ ނިޒާމެކެވެ.

މިއީ މިދިޔަ އަހަރު އެމްއެމްއޭއިން ރާއްޖޭގައި ތައާރަފުކުރި ފަވަރަ އެޕްލިކޭޝަން ފަދައިން ބޭނުންކުރެވޭ މިނިޒާމުގެ ދަށުން އެއް ބޭންކުން އަނެއް ބޭންކަށް ކާޑަކާ ނުލައި ވަގުތުން ރުފިޔާ ފޮނުވޭ ގޮތަށް އިންޑިއާގެ ނެޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑީއާ (އެންޕީއައިސީ) އިން ތައާރަފްކޮށްފައިވާ އެޕްލިކޭޝަނެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-