މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ހޮސްޕިޓަލުން ފަރުވާ ހޯދޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް ކުރަން ފަށާފައިވާ ކަމަށް ދާޚިލީ ސަލާމަތަކާއި ޚިދުމަތްތަކާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ލުބްނާ މުހައްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
އިސްކަންދަރު ކޮށީގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ލުބްނާ ވިދާޅުވީ, ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރާ ބަޔަކު ނެތް ރަށެއް ނެތް ކަމަށާއި އެންޑީއޭ އިން މަސްތުވާތަކެތި ބޭނުން ކުރާ މީހުން ހަމަމަގަށް އެޅުމަށް ފަރުވާ ދެމުންގެންދާ ކަމަށެވެ.
ޒާހިޔާ ވިދާޅުވީ ލ. ގަމުގައި ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރެއް ގާއިމް ކުރުމާއި، ކ. ކާށިދޫ، ނ. ވެލިދޫގައި މި ފަދަ ސެންޓަރެއް ގާއިމްކޮށް، މި ސަރަހައްދުތަކުގައި މަސްތުވާތަކެތީގެ މައްސަލަތަކަށް ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
އެންޑީއޭ އިން ސިއްހީ ވުޒާރާއާ ވާހަކަ ދައްކައިގެން ހޮސްޕިޓަލްތަކުގެ ތެރޭގައި، އައުޓްޕޭޝަންޓް މަސްތުވާތަކެތީގެ ފަރުވާ ލިބޭނެ ނިޒާމް ގާއިމް ކުރެވޭނެ ގޮތަށް، އެ ހުއްދަ ލިބިފައިވާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
“އަޅުގަނޑުމެން މި ދަނީ، އަޅުގަނޑުމެންގެ ސްޕޭސްގައި ވީހާވެސް އަވަހަކަށް މަސްތުވާަކެތީގެ އައުޓް ޕާޓަންޓް ފަރުވާ އެކި ސެންޓަރުތަކުގައި ގާއިމް ކުރެވޭތޯ މަސައްކަތް ކުރަމުން،”. ލުބްނާ
އެގޮތުން، ރާއްޖޭގެ އެކި ހޮސްޕިޓަލްތައް މެދުވެރިކޮށް މިފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ ލުބްނާ ވިދާޅުވީ ހުޅުމާލޭގައި އައުޓްޕޭޝަންޓް ޓްރީޓްމެންޓް ކްލްނިކެއް ހުޅުވުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ. އަދި އެ މަސައްކަތްތައް މިހާރު ނިމެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.