-Advertisement-

-Advertisement-

މަޖިލިހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު މަޤާމުން ވަކިކޮށްފި، އިދާރާގެ އިސްވެރިންނަށް ތުހުމަތުތަކެއް!

މަޖިލިހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރަކަށް ހުންނެވި ހަސަން ޒިޔާއު

ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރުކަމުގެ މަޤާމުގައި ހުންނެވި ހަސަން ޒިޔާއު އެ މަޤާމުން ކުއްލިއަކަށް ވަކިކުރުމާއެކު މަޖިލީހުގެ އިދާރާގެ އިސްވެރިންނަށް ބޮޑެތި ތުހުމަތު ތަކެއް ޒިޔާއު ކުރައްވައިފިއެވެ.

އެ މަޤާމުން ޒިޔާއު ވަކިކުރިކަން ހާމަކޮށް މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ޒިޔާއު ވަނީ، ރައްޔިތުންގެ މަޖިލިހުގައި އެބޭފުޅާ އަދާކުރައްވަމުން ގެންދެވި ވަޒީފާއިން އިއްޔެއިން ފެށިގެން ވަކިކޮށްފައިވާކަމަށާއި އެ މަޤާމަކީ ސިޔާސީ މަޤާމަކަށް ނުވާއިރު، ޒިޔާއު އެ މަޤާމުން ވަކިކޮށްފައިވަނީ،  ޕާލަމެންޓަރީ ސަރވިސްގެ ޤާވާއިދާ ޚިލާފަށް ކަމުގައި ވިދާޅުވެފައެވެ

އެގޮތުން ޒިޔާއު ވިދާޅުވީ، މަޖިލިހުގެ ޕާލަމެންޓަރީ ސަރވިސް ޤަވާއިދާ ޚިލާފަށް ނޯޓިސް ދިނުމަކާ ނުލާ އަވަސް އަރުވާލައިގެން އެބޭފުޅާ ވަޒީފާއިން ވަކިކޮށްފައިވަނީ ރައްޔިތުންގެ މަޖިލިހުގެ ކޯޑު އޮފް ކޮންޑަކްޓާ ޚީލާފުވިކަމަށް ބުނެކަމުގައެވެ.

މިއާ ވިދިގެން ޒިޔާއު ވަނީ، ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ އިސްވެރިންނަށް ސީރިއަސް ތުހުމަތުތަކެއް ކުރައްވައި އެއީ އެބޭފުޅާއާމެދު ޒާތީ ހަސަދައެއް ފުލުވައިލުމަށް ކުރެއްވި ކަމެއްގެ ގޮތުގައި ތުހުމަތު ކުރައްވައިފައެވެ.

 ” މަޖިލީހުގެ ޢަމީން އާންމު ފާތިމަތު ނިޔުޝާއާއި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ރަޝީދު އާއި ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަހުމަދު ފާއިޒު އަދި ޑިރެކްޓަރ ފޮރިން ރިލޭޝަންސް ޒުއްޔިނާ ބަދުރީގެ ބައެއް ނިންމުންތަކާ ދެކޮޅަށް އަޅުގަނޑު ވާހަކަ ދައްކާފައިވާތީއާ އެއް ޕްރޮކިއުމަންޓް ރިކުއެސްޓްތަކުގައި ސޮއި ކުރުމަށް ދެކޮޅު ހަދާފައިވާތީ ކަމަށް ދެކެން” ޒިޔާއު

އެގޮތުން ޒިޔާއު މަޤާމުން ވަކިކޮށްފައިވަނީ ރޭވުމެއްގެ ތެރެއިން ޕަލަމެންޓަރީ ސަރވިސް ޤަވާއިދާ ޚިލާފަށްކަމުގައި ވާތީ، އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އަދި މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހަޅާނެ ކަމަށް ވެސް ޒިޔާއު ވަނީ ވިދާޅުވެފައެވެ.

ޒިޔާއު މަޖިލީހުގެ މީޑިއާ ޑިރެކްޓަރުކަމުގެ މަގާމާށް އައްޔަން ކުރީ 2019 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 16 ވަނަ ދުވަހުއެވެ. އެބޭފުޅާ ވަނީ، 13 އަހަރު ދައުލަތުގެ މީޑިޔާ ޕީއެސްއެމްގައިވެސް މަސައްކަތް ކުރައްވައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-