-Advertisement-

-Advertisement-

ރާއްޖޭގައި މަރުގެ ޙުކުމް ތަމްފީޒުކުރަން ތައްޔާރުވާ ފަށައިފި

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގެ ތެރެއިން ހޯމް މިނިސްޓަރު އަލީ އިހުސާން- ފޮޓޯ/ ރައީސް އޮފީސް

ދިވެހިރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒުކުރުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ކުރިއަށްދާކަމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މަރުގެ ހުކުމް ތަންފީޒުކުރުމާއި ގުޅޭ އެންމެ ފަހުގެ އަދާހަމަތައް ހިއްސާކުރުމަށް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އިހްސާނު ވިދާޅުވީ، މަރުގެ އަދަބު ތަންފީޒުކުރަން ފެށުމުގެ ކުރިން އެ މަރުހަލާގައި ބަލަންޖެހޭ ބައެއް ކަންކަން އެބަ ހުރި ކަމަށެވެ.

އެގޮތުން އެމީހެއްގެ ކޯޓުގެ ހުރިހާ މަރުހަލާތައް ނިމޭއިރު އެމީހާއަށް ދެވޭ އަދަބަކީ އިޔާދަނުކުރެވޭ އަދަބެއް ކަމަށް ވާތީ ބަލަންޖެހޭ ކަންތައްތަކެއް ހުރިކަމަށާއި އެކަންކަން ބަލައި މިހާރު ނިމިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން މަރުގެ އަދަބު ދިނުމަށް ސުވާލު ނޫއުފެދޭ މިންވަރަށް ދެ މީހެއްގެ މައްސަލަ އޮތްކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ، ކުރިއަށް އޮތީ މަރުގެ އަދަބު ދޭން ފެށުމުގެ މަރުޙަލާކަމަށާއި އެ މަރުޙަލާއަށް ތައްޔާރުވުމުގެ ގޮތުން މަރުގެ އަދަބު ދޭ ތަން ތައްޔާރު ކުރުމާއި މުވައްޒަފުން ތަމްރީން ކުރުން ފަދަ ކަންކަން މިހާރު ކުރިއަށް ދާކަމަށެވެ.

އެގޮތުން މަރުގެ އަދަބު ދޭން ފެށުމަށް މިހާރު އިއުލާނުކޮށްފައިވާ ގޮތަށް އެކަން ކުރަން ފަށާނެކަމުގެ ޔަޤީންކަން އަރުވައި މިނިސްޓަރ އިހުސާނު ވިދާޅުވީ، މި މަސައްކަތުގެ ތެރެއިން އެޓާނީ ޖެނެރަލްއާ އެކު ރާއްޖޭގެ ހިއުމަންރައިޓްސް ރިވިއުގައި ބައިވެރިވެވަޑައިގެން ވަރަށް ސާފުކޮށް ރާއްޖެއަކީ އިސްލާމީ ޤައުމެއްކަމުން އެ އަދަބު ދިނުމަށް އިސްލާމް ދީނުގައި އޮންނަ ގޮތަށް އެ ޙުކުމް ތަންފީޒު ކުރާނެކަމަށް ބަޔާންކޮށްފައިވާނެކަމަށެވެ.

ރާއްޖޭގައި މީހުން މެރުމުގެ ކުށް އާންމުވެފައި ވާއިރު މަރަށް މަރު ހިފުމުގެ އަދަބު ތަންފީޒުކުރުމަށް މީގެ ކުރީގެ ސަރުކާރުތަކުން ވަނީ މަސައްކަތްތަކެއް ކޮށްފައިވީނަމަވެސް އެއްވެސް ސަރުކާރެއްގައި އެކަމަށް އެދެވޭ އަލިމަގެއް ވަނީ ފެންނަގޮތް ނުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

Leave a comment

Leave a Reply


ގުޅުންހުރި

-Advertisement-