-Advertisement-

-Advertisement-

ކެނަބިސް ޓްރެފިކް ކުރި މައްސަލައެއްގެ ޝަރީއަތަށް މީހަކު ހޯދަނީ

ހޯދުމަށް އިއުލާނު ކުރި މީހާ

ކެނެބިސް ޓްރެފިކް ކުރުމުގެ މައްސަލައެއްގެ ޝަރީޢަތަށް ހާޒިރުކުރަން ބޭނުންވާ މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން ހޯދުމަށް އިއުލާނުކޮށްފައި ވަނީ، ސ. ހިތަދޫ، ހަޒާރުމާގެ، އުމުރުން 30 އަހަރުގެ މުޙައްމަދު ޢުބާދަތު ޙުސައިންނެވެ.

ފުލުހުން ބުނީ އޭނާއަކީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްގެ ޝަރީޢަތަށް ހާޒިރުކުރަން ބޭނުންވެ ހާޒިރު ނުކުރެވުމުގެ ސަބަބުން ހޯދަމުން އަންނަ މީހެކެވެ.

އެގޮތުން އޭނާ ބަންދުގައި ބަހައްޓައިގެން މި މަހުގެ 24 ވަނަ ދުވަހުގެ 14:00ށް ކްރިމިނަލް ކޯޓަށް އޭނާ ހަޒިރުކޮށްދިނުމަށް އަންގައި ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރު ނެރެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެގޮތުން މުޙައްމަދު ޢުބާދަތު ޙުސައިންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442ށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

އެކި އެކި މައްސަލަތަކުގެ ޝަރީޢަތްތަކަށް ހާޒިރުނުވެގެންނާއި މައްސަލަތަކުގެ ތަޙުޤީގަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުނުވާ މީހުން ހޯދުމަށް ދޭތެރެ ދޭތެރެއިން ފުލުހުން އިއުލާނުކުރެއެވެ.

-Advertisement-

-Advertisement-

-Advertisement-

Leave a comment

Leave a Reply


ގުޅުންހުރި

-Advertisement-