-Advertisement-

-Advertisement-

އިމިގްރޭޝަން ރެއިޑުން މާލެއިން އިތުރު ދެ މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގެ ދެ ތަނެއް ބަލައި ފާސްކުރުމަށް އިމިގްރޭޝަން ވޮޗުން ކުރިއަށް ގެންދިޔަ ރެއިޑްގެ ތެރެއިން - ފޮޓޯ/ އިމިގްރޭޝަން

ރާއްޖޭގައި ބޮއްސުންލައިފައި ވާ ބިދޭސީންގެ މައްސަލަ ޙައްލުކުރުމުގެ ގޮތުން ހޯމް މިނިސްޓްރީން އިމިގްރޭޝަނާއި ގުޅިގެން ހިންގަމުން އަންނަ އޮޕަރޭޝަންގެ ތެރެއިން މާލޭގައި ހިންގި އިތުރު ރެއިޑަކުން ދެ މީހަކު އިމިގްރެޝަންގެ ބެލުމުގެ ދަށަށް ގެއްގޮއްސިއެވެ.

އިމިގްރޭޝަނުން ހާމަކުރިގޮތުގައި ބިދޭސީން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިއްޔެ މާލެ ސަރަހައްދުން ދެ ތަނެއް ބަލައި ފާސްކޮށް 2 މީހަކު އެ އިދާރާގެ ބެލުމުގެ ދަށަށް ވަނީ ގެންދެވިފައެވެ.

އެގޮތުން އިމިގްރޭޝަނުން އާންމުކުރި ވީޑީއޯއަކުން ފެންނަ ގޮތުގައި އޭގެ އެއްތަނަށް އެ އިދާރާގެ މުވައްޒަފުން ގޮސް ސުވާލުކުރަން ފެށުމުން އެތަނުގައި ހުރި ބިދޭސީއަކު ފިލަން ދުއްވައިގަނެއެވެ.

އެހެން ނަމަވެސް އޭނާ ހިފަހައްޓައި ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮއްސައެވެ.

އެގޮތުން އިއްޔެގެ ރެއިޑުން ހައްޔަރުކޮށްފައިވަނީ ބިދޭސީ ދެ ފިރިހެނުން ކަމުގައި އިމިގްރޭޝަނުން ބުނެފައިވެއެވެ.

ބިދޭސީންގެ މައްސަލަހައްލުކުރުމުގެ ގޮތުން ފިޔަވަޅުތައް ހަރުކަށިކޮށް ގިނަ މަސައްކަތްތަކެއް އިމިގްރޭޝަނުން ކުރަމުން އަންނަ އިރު މި މައްސަކަތުގެ ތެރެއިން މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް 4،360 ބިދޭސީން ރާއްޖެއިން ފުރުވާލައިފައި ވާކަމަށް އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަނީ ވިދާޅުވެފައެވެ.

އަދި ސަރުކާރަށް އެއް އަހަރުވުމުގެ ކުރިން މި އަދަދު 5000ށް އެރުވުމަކީ ސަރުކާރުގެ އަމާޒެއްކަމުގައި ފާހަގަކުރައްވައި ޝައްމާން ވިދާޅުވީ، އެ އަމާޒަށް ވާސިކްވެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އޮންނެވިކަމުގައެވެ.

-Advertisement-

-Advertisement-

-Advertisement-

Leave a comment

Leave a Reply


ގުޅުންހުރި

-Advertisement-