ހުޅުމާލޭގައި ހުންނަ އިލްމް އިންސްޓިޓިއުޓްގެ ކަރަންޓް ކޭބަލްތައް ދެވަނަ ފަހަރަށް ބުރިކޮށްލައިފިއެވެ.
މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ހުޅުމާލޭގައި ކީރިތި ޤުރުއާން ހިތު ދަސްކުރާ އިލްމް އިންސްޓިޓިއުޓްގެ ކަރަންޓް ކޭބަލްތައް މީގެ ދެ ދުވަސްކުރިން ބުރިކޮށްލުމިން އަލުން ރަނގަޅު ކޮށްފައިވާ ކަމަށެވެ.
އެގޮތުން ކޭބަލްތައް ރަނގަޅު ކުރުމުން އަލުން އަނެއްކާ ވެސް ކޭބަލްތައް ބުރިކޮށްލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޝަހީމް އިތުރަށް ވިދާޅުވީ، ފުލުހުން މިކަން ތަހުޤީގު ކުރަމުންދާ ކަމަށެވެ.
މީގެއިތުރުން، ކެމެރާތަކުން ބަލައި އެ ސެންޓަރަށް އަމާޒުކޮށްގެން މިކަން ކުރަމުން މިދަނީ ކޮން ބައެއްކަން ހޯދުން މުހިންމު ކަމުގައި ވެސް ޝަހީމް ވިދާޅުވިއެވެ.