-Advertisement-

-Advertisement-

މަޖިލީހުގެ ރައީސްގެ މުސާރައިގެ %50 ނުނަންގަވަން ނިންމަވައިފި

ކެމްޕެއިން ޖަލްސާގައި އަދުރޭ ވާހަކަ ދައްކަނީ. ފޮޓޯ: ޕީޕީއެމް ފޭސްބުކް

ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައިން %10 ކުޑަ ކުރެއްވުމަށް ނިންމެވި ނިއްމެވުމަށް އެއްބާރުލުން ދިނުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ގެ މުސާރައިގެ %50 ނުނަންގަވާ ގޮތަށް ނިންމަވައިފިއެވެ.

ޢަބްދުއްރަޙީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ދައުލަތުގެ އިޤްސާދީ ހާލަތު ރަނގަޅު ކުރެއްވުމަށްޓަކައި ރައީސް ޑރ.މުހައްމަދު މުއިއްޒު އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެތެރޭގައި ހިމެނޭ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރައިން %10 ކުޑަ ކުރެއްވުމަށް ނިންމެވި ނިއްމެވުމަށް އެއްބާރުލުން ދިނުމުގެ ގޮތުން އެމަނިކުފާނުގެ މުސާރައިން %50 ނުނަންގަވާ ގޮތަށް ނިންމާވާފައިވާ ކަމަށެވެ.

ރައީސް ޑރ. މުޢިއްޒު ވަނީ އިޤްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން، ކުރިއަށް އޮތް ދެ އަހަރު ދުވަހަށް މުސާރައާއި ގުޅޭ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައެވެ.

އެގޮތުން އެމަނިކުފާނުގެ އަމިއްލަ މުސާރައިން %50 ނުނަގްނަވާ ގޮތަށް ހަމަޖައްސަން ދަންނަވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން އެމަނިކުފާނު ވަނީ ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން %10 އުނިކުރަން ވެސް ނިންމަވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-