-Advertisement-

-Advertisement-

ތުރުކީއަށް ދިން ނިރުބަވެރި ހަމަލާ ރައީސް ކުށްވެރިކުރައްވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ނޮވެމްބަރު ތުރުކީ އަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާންއާ ބައްދަލުކުރައްވަނީ .-- ފޮޓޯ: ރައީސް އޮފީސް

ތުރުކީވިލާތުގެ ޓަރކިޝް އޭރޯސްޕޭސް އިންޑަސްޓްރީޒްގެ މައި މަރުކަޒަށް އަމާޒުކޮށް ދިން ނިރުބަވެރި ޙަމަލާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުށްވެރިކުރައްވައިފިއެވެ.

ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބު އުރްދުޣާނަށް ފޮނުއްވި މެސެޖެއްގައި ރައީސް ޑރ. މުޢިއްޒު ވަނީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި މި ހަމަލާ ކުށްވެރިކުރައްވާފައެވެ.

މިހަމަލާގައި ފުރާނަ ގެއްލުނު މީހުންގެ އާއިލާތަކަށާއި އެމީހުންގެ ގާތްތިމާގެ މީހުންނަށް ތައުޒިޔާ ދަންނަވާ ރައީސް ވިދާޅުވީ އެ ހަމަލާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ.

މީގެއިތުރުން އެމަނިކުފާނު ވަނީ މިހަމަލާގައި އަނިޔާވި މީހުންނަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާކުރައްވާފައެވެ.

ރައީސްގެ މެސެޖު ނިންމާލައްވަމުން ރައީސް ވިދާޅުވީ ދިވެހި ރައްޔިތުން ތިބީ ތުރުކީވިލާތުގެ އަޚުންނާއި އުޚުތުންނާ އެކުގައި ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ.

ތުރުކީއަށް ދީފައިވާ ހަމަލާގައި ތިން މީހަކު ނިޔާވެ، 14 މީހަކު ޒަޚަމްވެފައިވާ ކަމަށް ތުރުކީގެ ދާޚިލީ ވަޒީރު ވަނީ ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-