-Advertisement-

-Advertisement-

ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި 5.1 ބިލިޔަން ރުފިޔާ މަޖިލިހަށް ހުށަހަޅައިފި

މިއަހަރަށް ކަނޑައަޅައިފައިވާ ދައުލަތުގެ ބަޖެޓަށް އިތުރަށް ބޭނުންވާ ސަޕްލިމަންޓްރީގެ ބަޖެޓްގެ ގޮތުގައި 5.1 މިލިޔަން ރުފިޔާ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފިއެވެ.

މި ބަޖެޓް ރައްޔިތުންގެ މަޖިލިހުގެ ތަޅުމަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ  މޫސާ ޒަމީރު ވިދާޅުވީ، މި އަހަރަށް އެކުލަވާލައިފައިވާ ދައުލަތުގެ ބަޖެޓަކީ މިދޔަ ސަރުކާރުން އެކުލަވާލި ބަޖެޓަކަށް ވާއިރު އެ ބަޖެޓުގައި މަޝްރޫއުތަކަށް އާދަޔާ ޚިލާފު ދަށް އަދަދު ޖަހައި، ހަގީގަތާ ނުބައްދަލުވާނެހެން ބަޖެޓު ތައްޔާރުކޮށްފައިވާކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، މި އަހަރުގެ ސަޕްލިމަންޓްރީ ބަޖެޓް ސަރުކާރުގެ ފަރާތުން ހުށަހަޅައިފައިވަނީ  އަހަރަށް ކަނޑައެޅި 49.8 ބިލިއަން ރުފިޔާގެ ބަޖެޓު އެއްކޮށް ހުސްނުވަނީސް ކަމަށާއި، މިހާތަނަށް އެ ބަޖެޓުން ޚަރަދުކުރެވިފައި ވަނީ، ބަޖެޓްގެ 76 އިންސައްތަ ކަމަށެވެ.

މިއަހަރަށް ސަރުކާރުން ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓްގައި ހިމެނޭ ބައިތައް:

  • ޕީއެސްއައިޕީ އަށް އިތުރު 2.0 ބިލިއަން ރުފިޔާ
  • ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިތުރު 441.4 މިލިއަން ރުފިޔާ
  • ކޮންޓިންޖެންސީ ބަޖެޓަށް އިތުރު 650 މިލިއަން ރުފިޔާ
  • ސްޓޫޑަންޓު ލޯނު ދޫކުރުމަށް 458.4 މިލިއަން ރުފިޔާ
  • މެޑިކަލް ކޮންޒިމަބަލްސް އަށް 200 މިލިއަން ރުފިޔާ
  • ބޭސްފަރުވާގެ އެހީއަށް 262.6 މިލިއަން ރުފިޔާ
  • ސަބްސިޑީއަށް 1.02 ބިލިއަން ރުފިޔާ
  • މުސާރައާއި އުޖޫރައަށް 24.4 މިލިއަން ރުފިޔާ

ސަޕްލިމަންޓްރީ ބަޖެޓްގެ ގޮތުގައި މިއަހަރު ބަޖެޓް މަޖިލިހަށް ހުށަހަޅަން ޖެހުނީ، މި އަހަރުގެ ބަޖެޓުގައި އަންދާޒާކޮށްފައިވާ ވަރަށް ވުރެ އިތުރަށް ބައެއް ދާއިރާތަކުން ޚަރަދުކުރަން ޖެހުމުންކަމުގައި ސަރުކާރުން ހާމަކުރެއެވެ.

ސަޕްލިމަންޓްރީ ބަޖެޓްގެ ބަހުސް މިހާރު މަޖިލިހުގައި ކުރިއަށް ދާއިރު، ސަޕްލިމެންޓަރީ ބަޖެޓުގެ ބަހުސް ނިމެންދެން މިއަދުގެ ޖަލްސާ ކުރިޔަށް ގެންދަން މަޖިލިހުން ވަނީ ފާސްކޮށްފައެވެ.

މި ގޮތަށް ފާސްކުރީ ޖަލްސާ ކުރިޔަށް ގެންދިއުމާމެދު ނެގުނު ވޯޓުގައި ބައިވެރިވެ ވަޑައިގަތް 69 މެންބަރުންގެ ތާއީދާ އެކުގައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-