-Advertisement-

-Advertisement-

އިޒްރޭލުން ވައިގެ މަގުން އީރާނަށް ދިން ޙަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު - ފޮޓޯ/ރައީސް އޮފީސް

އިޒްރޭލުން ވައިގެ މަގުން އީރާނަށް ދިން ޙަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އިޒްރޭލުން އިރާނަށް ދިން ޙަމަލާ ކުށްވެރިކުރާ ކަމަށާއި، މިއީ ބައިނަލްއަޤާވާމީ ޤާނޫނުތަކާއި އުސޫލުތަކާ ޚިލާފަށް ދިން ހަމަލާއެއް ކަމަށެވެ.

ސަރަޙައްދުގެ ހަމަޖެހުމާއި އިސްތިޤުލާލަށް ނުރައްކާވާ ފަދަ ގޮތަކަށް ހިނގަމުންދާ އަމަލުތައް ހުއްޓާލުމަށް ގޮވާލައި ރާއްޖެއިން ވަނީ ހުރިހާ ފަރާތްތަކަކުން ވެސް ބައިނަލްއަޤުވާމީ ޤާނޫނުތަކަށް އިޙުތިރާމް ކުރުމަށް އެދިފައެވެ.

އިޒްރޭލުން އިރާނަށް ދީފައިވާ ޙަމާލާތަކުގައި އީރާނުގެ ސިފައިންގެ ދެމީހަކު މަރުވެފައިވާއިރު، މިއީ މިމަހުގެ ކުރީކޮޅު އީރާނުން އިޒްރޭލަށް ދިން ޙަމަލާގެ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާއެއް ކަމަށް އިޒްރޭލުން ބުނެފައިވެއެވެ.

މި މަހުގެ ކުރީކޮޅު އިރާނުން ވަނީ އިޒްރޭލުގެ މެދުތެރޭގެ ހިސާބުތަކަށް އަމާޒުކޮށް 200 އަށް ވުރެ ގިނަ ވައިގެ ހަމަލާ ފޮނުވާލާފައެވެ. އީރާނުން ބުނެފައިވާ ގޮތުގައި މިއީ ހަމާސް ޖަމާއަތުގެ ވެރިޔާ އިސްމާއިލް ހަނިއްޔާ އާއި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ އަވަހާރަކޮށްލުމުގެ ބަދަލެއްގެ ގޮތުން ދިން ހަމަލާއެކެވެ.

މިފަހަރު އިޒްރޭލުން 100 ފައިޓާޖެޓް ބޭނުން ކޮށްގެން ސީރިއާވެސް ހިމެނޭހެން ދިން މިހަމަލާތައް އީރާނުގެ އަސްކަރީ މަރުކަޒުތަކާއި މިސައިލް އުފައްދާ ކާރުޚާނާތަކަށް އަމާޒުކޮށްފައިވާއިރު، އީރާނުން ބުނީ 3 ސަރަހައްދެއްގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާ އަމާޒުވި ކަމަށާއި، އެތަންތަނަށް ލިބުނީ ކުޑަކުޑަ ގެއްލުމެއް ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-