-Advertisement-

-Advertisement-

ސަފާރީއަކުން ގިނަ އަދަދެއްގެ ބަނގުރާދަލުތަކެއް ހޯދައިފި

ސަފާރީއަކުން ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ބަނގުރާފުޅިތައް - ފޮޓީ/ ފުލުހުން

ޤަވާއިދާއި ޚިލާފަށް ބަނގުރާ އެތެރެކޮށް، އެތަކެތީގެ ވިޔަފާރީކުރަމުން ދިޔަ ސަފާރީއަކުން ގިނަ އަދަދެއްގެ ބަނގުރާ ދަޅުތަކެއް އަތުލައިގެންފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި އޮތް ސަފާރީއަކުން ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރީ ކުރާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި ޚާއްސަ އޮަޕަރޭޝަނެއްގެ ތެރެއިން އެ ސަފާރީ ބަލައި ފާސްކޮށް އެ ސަފާރީގެ ތެރެއިން 1،224 ދަޅު ބަނގުރަލާއި 124 ބަނގުރާ ފުޅި އަތުލައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށެވެ.

އެގޮތުން ގައްދޫ ޕޮލިސް ސްޓޭޝަނާއި ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސް ގުޅުގެން ހިންގި މި އޮަޕަރޭޝަންގައި ދެ މީހަކު ފުލުހަށް ހާޒިރުކޮށް ސުވާލުކުރުމަށްފަހު، ދޫކޮށްލައިފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.

މި ނިމުނު ހަފްތާގައި ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރ ވަނީ، ސަފާރީތަކުގައި ބަނގުރާ ވިއްކުމަށް ހުއްދަ ދޫކުރަނީ ފަތުރުވެރިކަމުގެ ވިޔަފާރީއާއި ގުޅޭ ޚާއްސަ އުސޫލެއްގެ ދަށުން ކަމަށާއި، އެހެން ނަމަވެސް ފަތުރުވެރިއަކު ނެތިވެސް ސަފާރީތަކުގައި ބަނގުރާ ވިއްކާކަމުގެ މައުލޫމާތުތައް ލިބެމުން އަންނަ ކަމަށެވެ.

އަދި ސަފާރީތަކަށް ބަނގުރަލުގެ ވިޔަފާރި ކުރުމަށް ދީފައި އޮންނަ ހުއްދައިގެ ދަށުން އެކަން ނުކުރާނަމަ ޤާނޫނުގައި އޮންނަ އެންމެ ހަރުކަށި ފިޔަވަޅެއް އެ ފަރާތްތަކާމެދު އަޅާނެކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-