-Advertisement-

-Advertisement-

ފާމަސީތަކުގައި ވިއްކާ 250 ބޭހެއްގެ އަގަށް ބަދަލު ގެންނަނީ

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން، ހީނާ ވަލީދު ނޫސްވެރިންނާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ސަރުކާރުން ދެމުން އަންނަ އާސަންދާ ޚިދުމަތް ރިފޯމްކޮށް ރާއްޖޭގައި ވިއްކާ ބޭހުގެ އަގު ކޮންޓްރޯލްކުރުމުގެ ގޮތުން 250 ބޭހެެއްގެ އަގަށް ބަދަލު ގެނައުމަށް ނިންމައިފިއެވެ.

އެގޮތުން ސަރުކާރުން މިހާރު ނިންމައިފައިވަނީ ރާއްޖޭގައި އެންމެ ގިނައިން ވިއްކާ، 250 ބޭހުގެ ތެރެއިން 87 ބޭހެއްގެ އަގު ނޮވެމްބަރު އެކަކުން ފެށިގެން އަދި އަނެއް 126 ބޭހުގެ އަގު ނޮވެމްބަރު 24ން ފެށިގެން ބަދަލުކޮށް ހެޔޮކުރުމަށެވެ.

މިކަމާއި ގުޅިގެން އެންސްޕާއިން ނެރުނު ބަޔާނެއްގައި އެ ކުންފުނީގެ ސީއީއޯ އަދި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެފައިވަނީ، ، އެކި ސަރުކާރުތަކުގައި ކުރުމަށް ކުރުމަށް ކިޔަމުން އައި މި މަސައްކަތް މި ސަރުކާރުން ތަންފީޒުކޮށް ބޭހުގެ އަގަށް ގެނެވޭ ބަދަލުތަކާއެކު އާސަންދައަށް މިހާރު ކުރަމުން އަންނަ ހޭދައިން ދައުލަތުގެ ބަޖެޓުން 220 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށެވެ.

މި ބަދަލު ގެނެވުނު ނަމަވެސް މިހާރެކޭވެސް އެއްގޮތަށް އެސްޓީއޯއާއި އާސަންދައިގެ ޚިދުމަތް ލިބޭ ބޭސްފިހާރަތަކުން އާސަންދަ މެދުވެރިކޮށް ބޭސްލިބޭނެކަން ފާހަގަކުރައްވައި ހީނާ ވިދާޅުވީ، މި ފިޔަވަޅަކީ ސަރުކާރުން އިއުލާނުކޮށްފައިވާ ބަލްކް ޕްރޮކިއުމަންޓް ސިޔާސަތު ފުރިހަމަ ވުމާއި ހަމައަށް އިސްރާފުތައް ކުޑަކޮށް ޚަރަދުތައް ކުޑަކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.

އެގޮތުން ބޭހުގެ އަގު މުރާޖައާކޮށް އަގުތަކަށް ގެނެވޭ ބަދަލުތަކުގެ ތަފްސީލު އެންސްޕާގެ ވެބްސައިޓުގައި ފެންނަން ހުންނާނެކަމަށް އެ ބަޔާނުގައި ވެއެވެ.

އެގޮތުން ބޭހުގެ އަގުތަކަށް ބަދަލުގެނެވޭ ހިސާބުން ޝާއިއުކުރެވިފައިވާ ލިސްޓާ ޚިލާފަށް ޚިދުމަތްދޭ މަރުކަޒަކުން ބޭސް ދޫކުރާކަން ފާހަގަ ކުރެވިއްޖެނަމަ އެކަން “ޝިކާވަތި” ޗެޓްލައިން 7951400އަށް ރިޕޯޓް ކުރުމަށް އެންސްޕާއިން އެދިފައި ވެއެވެ.

ރާއްޖެ އެތެރެކޮށް ވިއްކާ ބޭހުގެ ފެންވަރު ދަށްވުމާއި ބޭހުގެ އަގު ބޮޑުވުމުގެ ސަބަބުން އެކަން ހައްލުކޮށް ބޭހުގެ ހަމަ އަގު ރަނގަޅު ފެންވަރުގައި ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-