-Advertisement-

-Advertisement-

ޚަރަދުގެ ތަފްސީލުތައް ސިއްރުކޮށް، ސަޕްލިމެންޓަރީ ބަޖެޓު ފާސްކުރަނީ ގާނޫނާ ޚިލާފަށް: ޔާމީން

ރައީސް ޔާމީން ފުރޮންޓް އޮފީސްގައި ވާހަކަފުޅުދައްކަވަނީ. ފޮޓް: ދި ޕްރެސް

މިއަހަރަށް ދައުލަތުގެ ބަޖެޓްގެ ގޮތުގައި ކަނޑައެޅި ބަޖެޓުން ޚަރަދުކޮށްފައިވާ ގޮތުގެ ތަފްސީލުތައް ސިއްރުކޮށް، ސަރުކާރުން ހުށަހަޅައިފައިވާ ސަޕްލިމަންޓްރީ ބަޖެޓް ފާސްކުރާ ނަމަ އެކަންވެގެންދާނީ ޤާނޫނާއި ޚިލާފުކަމަކަށް ކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުޤައްޔޫމް ވިދާޅުވެއްޖެއެވެ.

މިއަހަރަށް ދަޢުލަތަށް ކަނޑައެޅި 49.8 ބިލިއަން ރުފިޔާގެ ބަޖެޓްގެ އިތުރުން، ސަޕްލިމަންޓްރީ ބަޖެޓެއް ދައުލަތަށް ބޭނުންވެ ފިނޭންސް މިނިސްޓްރީންވަނީ،  ޖުމުލަ 5,119,508,129 ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ.

އެގޮތުން އެ މަޖެޓް ދިރާސާކުރުމަށް މަޖިލިހުގެ ބަޖެޓް ކޮމެޓީއަށް ފޮނުވުމުން އެ ކޮމެޓީން އެ ބަޖެޓް ދިރާސާކުރުމުގެ މަރުޙަލާގައި ނިންމާފައިވަނީ، ދައުލަތަށް މި އަހަރަށް ކަނޑައެޅި ބަޖެޓުން ކޮށްފައިވާ ޚަރަދުތަކުގެ ތަފްސީލު ސިއްރުކުމަށެވެ.

މި ނިންމުމަށް ފާޑުވިދާޅުވެ، ރޭ ޕީއެންއެފުން ބޭއްވު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، ސަރުކާރުން ސަޕްލިމަންޓްރީ ބަޖެޓެއް ހުށަހަޅާނަމަ، އެ ބަޖެޓާއެކު، ކުރިން ކަނޑައެޅުނު ބަޖެޓުން ކުރެވުނު ޚަރަދުތަކުގެ ތަފްސީލުތައް ހުށަހަޅަން ޖެހޭނެކަމަށް މާލިއްޔަތު ޤާނޫނުގެ 32ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމަށެވެ.

އެގޮތުން ސަރުކާރަށް ހަޤީގަތުގައިވެސް ސަޕްލިމަންޓްރީ ބަޖެޓެއް ބޭނުންވޭތޯ، ނުވަތަނ ނޫންތޯ އެނގޭނީ އެ ތަފްސީލުތަކަށް ރިއާޔަތްކޮށްގެން ކަމުގައި ފާހަގަކުރައްވައި ޔާމީން ވިދާޅުވީ، އެ ތަފްސީލުތައް ސިއްރުކުރުމަށް ކޮމެޓީން ނިންމި އިރު އެ ކޮމެޓީގެ މުޤައްރިރަކަށް އިންނެވީވެސް ސަރުކާރަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރެއް ކަމަށާއި، ވޯޓު ދިނީ މަޖިލީހުގެ ނުފޫޒުގަދަ އެއް ދައުރަށްވުރެ ގިނަ ދައުރު މަޖިލީހުގަ ހޭދަކުރި ސަރުކާރުގެ މެމްބަރުން ކަމަށެވެ.

އެބޭފުޅުންނަކީ އެންމެ ވަރުގަދައަށް ޓްރާންސްޕޭރެންސީ ނެތިގެން [ކުރީގެ ރައީސް] އިބްރާހީމް މުހައްމަދު ޞާލިޙު ސަރުކާރުގައި އަޑުގަދަކުރި ބޭފުޅުން. – ޔާމީން

އެގޮތުން ހާމަނުކުރެވޭ ހިސާބުތަކެއްގެ މައްޗަށް ބިނާކޮށް ސަޕްލިމެންޓްރީ ބަޖެޓެއް ފާސްކުރެވޭނެ ގޮތަކާއި މެދު ސުވާލު އުފައްދަވައި ޔާމީން ވިދާޅުވީ، ސަރުކާރަށް މަޖިލިހުގެ މެޖޯރިޓީ އޮތުމުން ސަޕްލިމަންޓްރީ މަޖެޓް ފާސްކުރެވިދާނެ ކަމަށާއި އެހެން ނަމަވެސް އެކަން ވެގެންދާނީ ޤާނޫނާއި ޚިލާފަށް ކުރެވިގެންދާ ކަމެއް ކަމަށެވެ.

މިދިޔަ ރިޔާސީ އިންތިޚާބުތެރޭގައި އޭރު އޮތް އެމްޑީޕީ ސަރުކާރުން ކަންކަން ފޮރުވަނީއޭ ވިދާޅުވަމުން މަގުމަތީގައި އަޑުގަދަކުރެއްވި ބޭބޭފުޅުން މިއަދު ވެރިކަމަށް ވަޑައިގެން ކަން ކުރައްވަނީ ހަމަ އެ ބީދައިން ކަމަށް ވިދާޅުވެ، ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ސަޕްލިމަންޓްރީ ބަޖެޓް މަޖިލިހަށް ހުށަހަޅުއްވަމުން، ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ، މި އަހަރަށް އެކުލަވާލައިފައިވާ ދައުލަތުގެ ބަޖެޓަކީ މިދިޔަ ސަރުކާރުން އެކުލަވާލި ބަޖެޓަކަށް ވާއިރު އެ ބަޖެޓުގައި މަޝްރޫއުތަކަށް އާދަޔާ ޚިލާފު ދަށް އަދަދު ޖަހައި، ހަގީގަތާ ނުބައްދަލުވާނެހެން ބަޖެޓު ތައްޔާރުކޮށްފައިވާކަމަށެވެ.

މީގެ އިތުރުން މި އަހަރުގެ ސަޕްލިމަންޓްރީ ބަޖެޓް ސަރުކާރުގެ ފަރާތުން ހުށަހަޅައިފައިވަނީ  އަހަރަށް ކަނޑައެޅި 49.8 ބިލިއަން ރުފިޔާގެ ބަޖެޓު އެއްކޮށް ހުސްނުވަނީސް ކަމަށާއި، މިހާތަނަށް އެ ބަޖެޓުން ޚަރަދުކުރެވިފައި ވަނީ، ބަޖެޓްގެ 76 އިންސައްތަ ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

ސަޕްލިމަންޓްރީ ބަޖެޓްގެ ގޮތުގައި މިއަހަރު ބަޖެޓް މަޖިލިހަށް ހުށަހަޅަން ޖެހުނީ، މި އަހަރުގެ ބަޖެޓުގައި އަންދާޒާކޮށްފައިވާ ވަރަށް ވުރެ އިތުރަށް ބައެއް ދާއިރާތަކުން ޚަރަދުކުރަން ޖެހުމުންކަމުގައި ސަރުކާރުން ހާމަކުރެއެވެ.

ބަޖެޓް ބަހުސް ވަނީ މިއަދު ހަވީރާއި ހަމައަށް ކުރިއަށގޮއްސައެވެ. އެގޮތުން މި ބަޖެޓް ބަހުސް ނިމެންދެން މިއަދުގެ މަޖިލިހުގެ ޖަލްސާ ކުރިއަށް ގެންދިއުމަށް ރައްޔޮތުންގެ މިއަދުގެ ޖަލްސާގައޮ ބައިވެރިވެވަޑައިގެން 69 މެމްބަރުންގެ ތާއީދާއެކު ވަނީ ނިންމަވައިފައެވެ.

އަހަރުގެ ފަހުކޮޅު ބަޖެޓު ހުސްވާތީ ކޮންމެ އަހަރަކު ވެސް ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކުރަން ޖެހޭއިރު، މި އަހަރަށް ހުށަހެޅި ސަޕްލިމެންޓަރީ ބަޖެޓަކީ ކުރިން އަންދާޒާކުރި ވަރަށް ވުރެ ބޮޑުތަނުން ކުޑަ އަދަދެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-