-Advertisement-

-Advertisement-

ރަންވޭގެ މަރާމާތަށްފަހު ކޫއްޑޫއަށް މޯލްޑިވިއަނުން އަލުން ދަތުރުތައް ފަށައިފި

ކޫއްޑޫ އެއާޕޯޓު- ފޮޓޯ/ ރައީސް އޮފީސް

ގދ ކޫއްޑޫ އެއަރޕޯޓްގެ ރަންވޭ ވަރަށް ބޮޑަށް ހަލާކުވުމުގެ ސަބަބުން އެ އެއަރޕޯޓަށް މޯލްޑިވިއަނުން ކުރަމުން އަންނަ ދަތުރުތައް މެދު ކަނޑާލައިފައި އޮތުމަށްފަހު، އެ ރަންވޭ މަރާމާތުކޮށް އަލުން މޯލްޑިވިއަނުން އެ އެއަރޕޯޓަށް ދަތުރުތައް ފަށައިފިއެވެ.

މޯލްޑިވިއަނުން ބުނެފައިވާ ގޮތުގައި އެ އެއަރލައިނުން ކުރަމުން އައި ދަތުރުތައް ހުއްޓާލާ، ކޫއްޑޫ އެއރަޕޯޓްގެ ރަންވޭ ވަރަށް ބޮޑަށް ހަލާކުވުމުގެ ސަބަބުން އެ އެއަރލައިންގެ ދެ ބޯޓަކަށް ގެއްލުން ވުމާއި ގުޅިގެންނެވެ.

ރަންވޭގެ މަރާމާތުގެ މަސައްކަތް ނިމި މިހާރު ޚިދުމަތް ދިނުމަށް ފެށިފައިވާތީ މިހާރު މޯލްޑިވިއަނުން ވަނީ އެ އެއާޕޯޓަށް ޝެޑިއުލް ދަތުރުތަށް ފަށައިފައިކަމުގައި މޯލްޑިވިއަނުން ބުނެއެވެ.

ކޫއްޑޫ އެއާޕޯޓަށް ގިނަ ދުވަސްވުމުގެ ސަބަބުން ވީރާނާވެ ރަންވޭ އާއި އޭޕްރޮން އާއި ޓެކްސީ ވޭގެ ވެސް ތާރުގަނޑަށް ހުރީ ގެއްލުންވެފައެވެ. ދަތުރުތައް މެދުކަނޑާލީ އެކަމުގެ ސަބަބުން ފަސިންޖަރުންނާއި ކްރޫއިންގެ ރައްކާތެރިކަމަށް ޓަކައި ކަމަށް މޯލްޑިވިއަނުން ކުރިން ބުނެފައިވެއެވެ.

ކޫއްޑޫ އެއާޕޯޓު ތަރައްގީކޮށް ހިންގަނީ ޔޫރަޕުގެ މަޝްހޫރު ހޮޓެލް ކުންފުންޏެއްކަމަށްވާ “އެކޯ”އިންނެވެ. އެއާޕޯޓު ތަރައްގީކޮށް ހިންގުމަށް އެ ކުންފުންޏަށް ދެ ރަށް ރިސޯޓު ތަރައްގީކުރަން ދޫކޮށްފައިވެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-