-Advertisement-

-Advertisement-

ޒަމީރު، ޚަލީލު، އަދި ނާޒިމަށް ރުހުން ދިނުމަށް މަޖިލިހުގެ އިއްތިފާޤުން ފާސްކޮށްފި

ފިނޭންސް މިނިސްޓަރ މޫސާ ޒަމީރަށާއި ފޮރިން މިނިސްޓަރ އަބްދުﷲ ޚަލީލުގެ އިތުރުން ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމަށް ވަޒީރުކަމުގެ ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލިހުގެ އިއްތިފާޤުން ފާސްކޮށްފިއެވެ.

މި ބޭބޭފުޅުންނަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލިހަށް ފޮނުއްވީ، ފިނޭންސް މިނިސްޓަރ ޑރ. މުހައްމަދު ޝަފީގު އިސްތިއުފާ ދެއްވުމާއި ގުޅިގެން ރައީސް ވަނީ ކެބިނެޓްގެ ތިން ވުޒާރާއެއްގެ ވަޒީރުންގެ މަޤާމުތަކަށް ބަދަލުތަކެއް ގެނެސްފައެވެ.

އެއީ، ފޮރިން މިނިސްޓަރަކަށް ހުންނަވަނިކޮށް، ފިނޭންސް މިނިސްޓަރަކަށް، މޫސާ ޒަމީރާއި ހެލްތް މިނިސްޓަރުކަމުގައި ހުންނަވަނިކޮށް ފޮރިން މިނިސްޓަރަކަށް، ޑރ. އަބްދުﷲ ހަލީލުގެ އިތުރުން ހެލްތް މިނިސްޓަރަކަށް އައްޔަންކުރެއްވި، އަބްދުﷲ ނާޒިމަށެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ކެބިނެޓަށް ރައީސް ގެންނެވި ބަދަލާއެކު މި ތިން ބޭފުޅުންނަށް ރުހުން ދިނުމާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް މަޖިލިހަށް ފޮނުއްވުމާއެކު ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވުމަށް ރައްޔިތުންގެ މަޖިލިހުން ނިންމަވައިފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލިހުގެ މަސްއޫލިއްޔަތުބަލާ ކޮމެޓީން މި ތިން ބޭފުޅުންނަށް ރުހުން ދެއްވުމަށް ވަނީ، މި މަހުގެ 24 ވަނަ ދުވަހު ފާސްކޮށްފައެވެ. އެ ބޭފުޅުންނަށް ރުހުން ދިނުމަށް ފާސްކުރީ، ކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި ހަތް މެމްބަރުންގެ އިއްތިފާޤުންނެވެ.

މިއީ ރައީސް މުއިއްޒުގެ ކެބިނެޓަށް ބަދަލު ގެންނެވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މި ތިން ބޭފުޅުންގެ މައްސަލައެއް އޮތްތޯ ކަމާ ގުޅުން ހުރި އިދާރާތަކަށް ހުށަހެޅުމުން، މައްސަލައެއް ނެތް ކަން ކޮމެޓީގައި ފާހަގަކޮށްފައި ވާއިރު، މައުލޫމާތު ސާފުކުރި އިދާރާތަކުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޖުޑިޝަލް އެޑްމިނިސްޓްރޭޝަން އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ހިމެނޭކަމަށް އެކޮމެޓީން ވަނީ ހާމަކޮށްފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-