-Advertisement-

-Advertisement-

މެޑަމް ސާޖިދާ ގެމްބިއާގެ ފަސްޓް ލޭޑީއާ ބައްދަލުކުރައްވައިފި

ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގެމްބިޔާގެ ފަސްޓް ލޭޑީ ފާތުމައްޓާ ބައްބަރޯއާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން އޮތީ މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީ ކޮންފަރެންސްގެ 11 ވަނަ އަހަރީ ބައްދަލުވުމުގެ ހަވާސާގައެވެ.

މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދެޤައުމުގައި ހުރި އެއްގޮތް ނާޒުކު މައްސަލަތައް ޙައްލުކުރުމަށް މުޖުތަމަޢު ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތައް ހިއްސާކުރައްވާ އެކަމާއި މަޝްވަރާ ކުރައްވާފައެވެ.

މީގެއިތުރުން، މިބައްދަލުވުމުގައި ދެބޭފުޅުން ވަނީ މެރކް ފައުންޑޭޝަންގެ ފަރާތުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވާ އޭޝިއާ އަދި އެފްރިކާގެ ޤައުމުތަކަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކުރުމަށް ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން އަންހެނުންނަށް އެއް ބާވަތްތަކެއްގެ ދަތިތަކެއް ކުރިމަތިވެފައިވާކަން މިބައްދަލުވުމުގައި ދެބޭފުޅުން ވަނީ ފާހަގަކުރެއްވާފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-