-Advertisement-

-Advertisement-

އިއްޔެއާއި ރޭ މާލޭގައި ތިން އެކްސިޑެންޓެއް ހިނގައި އެކަކަށް އަނިޔާވެއްޖެ

އިއްޔެއާއި ރޭ މާލޭގައި ތިން އެކްސިޑެންޓެއް ހިނގައި އަނިޔާވެފައިވާ ކަމުގައި ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި ފުރަތަމަ އެކްސިޑެންޓް ހިނގައިފައި ވަނީ ވެސްޓް ޕާކް ކައިރީގައި ޕާކްކޮށްފައިހުރި ސައިކަލެއްގައި، އެހެން ދަތުރުކުރި ބަހެއް ޖެހިގެން ކަމަށެވެ. މި ހާދިސާގައި މީހަކަށް އަނިޔާވެފައި ވާކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މި އެކްސިޑެންޓް. ހިނގީ އިއްޔެ ހަވީރު 17:40 ހާއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ.

ދެވަނަ އެކްސިޑެންޓް ހިނގާފައިވަނީ އަމީނީ މަގުން ދުއްވާފައިދިޔަ ސައިކަލެއް ކަހާލައިގެން ވެއްޓިއެވެ. ފުލުހުން ބުނި ގޮތުގައި މި އެކްސިޑެންޓްގެ މައުލޫމާތު ފުލުހަށް ލިބިފައިވަނީ، ރޭގެ 20:30 ހާއިރު ކަމަށާއި މި ހާދިސާގައި ދިވެހި އަންހެނަކަށް އަނިޔާވެ، އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދީފައިވެއެވެ.

އިއްޔެގެ ތިންވަނަ އެކްސިޑެންޓް ހިނގައިފައި ވަނިީ، ރޭ 22:00 އިރުއެވެ. ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގައިފައި ވަނީ އަމީނީ މަގުން ދުއްވާފައިދިޔަ ދެ ސައިކަލު ޖެހިގެން ކަމަށެވެ. މި އެކްސިޑެންޓްގައި މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

މި އެކްސިޑެންޓް ތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމުގައި ފުލުހުން ބުނެފައިވެއެވެ.

މާލެ ސަރަހައްދުގައި މީގެ ދުވަސްކޮޅެއް ކުރިން އެކްސިޑެންޓްތައް ގިނަވެ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ފުލުހުން ވަނީ މަގުމަތި ޕެޓްރޯލްކުރަން ފުލުހުން ހަރަކާތްތެރިވަމުން ދާ ދިއުން ވަރުގަދަކޮށްފައެވެ.

ނަތީޖާއެއްގެ ގޮތުން މާލެ ސަރަހައްދުގައި އެކްސިޑެންޓްތައް ހިނގާ މިންވަރަށް މި ފާއިތުވި މަހެއްހާ ދުވަހު ވަރަށް ބޮޑަށް ވަނީ ދަށަށް ގޮއްސައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-