ރޭ އަމީނީ މަގުން ސައިކަލުގައި ދިޔަ މީހަކަށް ހަމަލާދީ މާރާމާރީ ހިންގައިފިއެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި ރޭ 22:00 ހާއިރު އަމީނީ މަގުން ސައިކަލެއްގައި ދުއްވާފައި ދަނިކޮށް، އެ ސައިކަލު ދުއްވަން އިން މީހާއަށް އެހެން ސައިކަލަކުން އައި ދެމީހަކު އެއްޗަކުން ހަމަލާދީފައި ވާކަމަށެވެ.
މި މާރާމާރީގައި ހަމަލާ ދީފައިވަނީ ކޮން އެއްޗަކުން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އެހެން ނަމަވެސް ފުލުހުން ބުނީ މި ހާދިސާގައި ހަމަލާ ލިބުނު މީހާއަށް އަނިޔާވެ ފަރުވާދިނުމަށްޓަކައި އައިޖީއެމްއެޗަށް ގެންގޮއްސައި ވާކަމަށެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.