-Advertisement-

-Advertisement-

ވިޔަފާރިވެރިޔާ ކުވާ މޮހޮދޭ ނިޔާވެއްޖެ

މުޙައްމަދު ޔޫސުފް (ކުވާ މޮހޮދޭ) --

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ވިޔަފާރީގެ ރޮނގުން ރާއްޖެއަށް ގިން ޚިދުމަތްތަކެއް ކުރެއްވި މުޙައްމަދު ޔޫސުފް (ކުވާ މޮހޮދޭ) މިއަދު ނިޔާވެއްޖެއެވެ.

މުުޙައްމަދު ޔޫސުފް (ކުވާ މޮހޮދޭ) ދަރިކަލުން، އަދި ކަސްޓަމްސްގެ ކުރީގެ ކޮމިޝަނާ ޖެނެރަލް ޔޫސުފް މާނިއު އެކްސްގައި ވިދާޅުވީ، އެ ބޭފުޅާގެ ބައްޕާފުޅު މުޙައްމަދު ޔޫސުފް (ކުވާ މޮހޮދޭ)، މިއަދު މެންދުރު ނިޔާވެފައިވާކަމަށާއި ބައްޕާފުޅުގެ މައްޗަށް ކުރެވޭ ކަށު ނަމާދު މިރޭގެ އިޝާ ނަމާދަށްފަހު އޮންނާނެ ކަމަށެވެ.

ސިޔާސީ ދާއިރާގައިވެސް ފާހަގަކޮށްލެވޭ ޝަޚްސިއްޔަތެއް ކަމަށްވާ، ކުވާ މޮހޮދޭ އަކީ ކުރީގެ ރައީސް  އިބްރާހީމް ނާސިރުގެ ވެރިކަމުގައި ވިޔަފާރީގެ ތެރެއިން މަޝްހޫރުވެ ވަޑައިގެން ބޭފުޅެކެވެ.

އެބޭފުޅާއަކީ ވިޔަފާރީގެ އިތުރުން ވަކިވަކި ފަރުދުންނަށާއި ޖަމާޢަތްތަކަށް ދަރުމަވެރި އެތައް އެހީތަކެއް ވެ ދެއްވި ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.

ކުވާ މޮހޮދޭ ނިޔާވުމާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެބޭފުޅާ ނިޔާވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއެކު ކަމަށާއި ކުވާ މޮހަދޭއަކީ، ގިނަ ބަޔަކު ދަންނަ ރަޙްމަތްތެރި ސާދާ މިޒާޖެއްގެ ވެރިއެއްކަމަށެވެ. އަދި ޚިދުމަތްތެރި ދަރީންތަކެއްގެ ބައްޕައެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މުޙައްމަދު ޔޫސުފަކީ މަތީ ތައުލީމާ ބެހޭ ވަޒީރު މަރްޔަމް މާރިޔާގެ ވެސް ބައްޕާފުޅެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-