-Advertisement-

-Advertisement-

އެމެރިކާގެ 47 ވަނަ ރައީސް ޑޮނާލްޑް ޓަރަމްޕަށް ރައީސް ޑރ މުއިއްޒު ތަޙުނިޔާ ފޮނުއްވައިފި

ރައީސް ޑރ މުއިއްޒު- ފޮޓޯ/ ރައީސް އޮފީސް

އިއްޔެ ނިމުނު އެމެރިކާގެ 47 ވަނަ ރައީސްކަމުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް އެ ޤައުމުގެ ރައީސަކަށް އިންތިޚާބުވި، ކުރިންވެސް އެ ޤައުމުގެ ރައީސްކަން ކުރި ޑޮނަލްޑް ޓްރަމްޕަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެ ތަޙުނިޔާ ފޮނުއްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރާއްޖެއާއި އެމެރިކާއާއި ދެމެދު އޮތް  ވަރުގަދަ ގުޅުމުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޓްރަމްޕްގެ ވެރިކަމުގައި ދެޤައުމުގެ ދެމެދުގައިވާ ގުޅުންތައް ވަރުގަދަވެގެންދާނެ ކަމަށް އުއްމީދު ކުރައްވާކަމަށެވެ.

https://x.com/MMuizzu/status/1854087079556456734

އަދި ދުނިޔޭގެ ޤައުމުތަކަށް ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމުގައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމަށް އުއްމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމެރިކާގެ 47 ވަނަ ރައީސްއަކަށް އިންތިޚާބުވީ، މިހާރު އެޤައުމުގެ ނައިބް ރައީސަކަށް ހުރި ކަމަލާ ހެރިސްއާއި ވާދަކޮށެވެ.

ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ކުރީގެ ރައީސް ޓްރަމްޕަށް ވަނީ 267 އިލެކްޓޯރަލް ވޯޓު ވަނީ ލިބިފައެވެ. އަދި ކަމާލާއަށް މިހާތަނަށް ލިބިފައިވަނީ 224 އިލެކްޓޯރަލް ވޯޓެވެ. އެހެންކަމުން އިންތިޚާބު ކާމިޔާބުކުރުމަށް ޓްރަމްޕް ހޯދަން ޖެހޭނީ އެންމެ 3 އިލެކްޓޯރަލް ވޯޓެވެ.

ރައީސް ކަމަށް އިންތިހާބުވުމަށް ޖުމްލަ 270 އިލެކްޓޯރަލް ވޯޓު ހޯދަން ޖެހެއެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-