-Advertisement-

-Advertisement-

މުދައްރިއްސުން ތަމްރީނުކުރުމަށް ޤައުމީ ޕްރޮގްރާމެއް ފަށައިފި

މުދަރިއްސުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގެ ސްކޮލަރޝިޕް ރައީސް ހަވާލުކުރައްވަނީ

ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ދިމާވެފައިވާ މުދަރިއްސުން ލިބުމުގެ ދަތިކަމުގެ މައްސަލަ ޙައްލުކުރުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މުދަރިއްސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް އިފްތިތާހް ކޮށްފިއެވެ.

މި ޕްރރޮގްރާމް އިފްތިތާހް ކުރުމަށް މިއަދު ބޭއްވި ރަސްމިޔާތުގައި މުދަރިއްސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

އެގޮތުން ރާއްޖޭގެ ހުރިހާ ސްކޫލިތަކެއްގައި ކިޔަވައިދޭ މުދަރިއްސުންނަކީ ދޭސީ މުދަރިއްސުންނަށް ހެދުމަށް މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް ވެވަޑައިގެންނެވި ވައުދުފުޅުގެ ތެރެއިން، މިއަދު އިފްތިތާޙްކުރި މުދަރިއްސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމްގެ އިފްތިތާޙީ ރަސްމިޔާތުގައި ރައީސް ވަނީ، މުދައްރިސުން ތަމްރީން ކުރުމުގެ ޤައުމީ ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް ސްކޮލާޝިޕް ލިޔުން ވަނީ ހަވާލުކޮށްދެއްވާފައެވެ.

ރާއްޖޭގެ ސްކޫލުތަކަށް މުދަރިއްސުން ލިބުން ދަތިވެ، އެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުންވަނީ އޭލެވެލް ކިޔަވާ ދަރިވަރުންގެ ތެރެއިން ޓީޗަރަކަށްވުމަށް ޝައުގުވެރިކަން ހުރި ކުދިން ހޯދުމުގެ މަސައްކަތް ފަށާފައެވެ.

އެގޮތުން މިހާތަނަށް ކުރެވުނު މަސައްކަތްތަކުން 130 ކުއްޖަކު ވަނީ މުދައްރިސްކަމުގެ ތަމްރީނު ފުރިހަމަކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

މިއަދުގެ ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުވަނީ، ޓީޗަރުން ލިބުމުގެ ދަތިކަން ރާއްޖޭގެ ސްކޫލްތަކަށް އޮތް މިންވަރުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ވަގުތުވެސް ރާއްޖޭގެ ސްކޫލްޔަކަށް 250އަށް ވުރެ ގިނަ ޕްރައިމަރީ ޓީޗަރުން ބޭނުންވާކަން ހާމަކުރައްވައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-