-Advertisement-

-Advertisement-

ރަސްމީ ދަތުރުފުޅެއްގައި ރައީސް ސައުދީއަށް ވަޑައިގެންފި

ރައީސް މުއިއްޒަށް ސައުދީ އެއަރޕޯޓުން މަރުހަބާ ދެންނެވުން - ފޮޓޯ/ ރައީސް އޮފީސް

ސައޫދީ އަރަބިއްޔާގައި ކުރިއަށް ގެންދާ ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސައޫދީ އަރަބިއްޔާގެ ރިޔާދަށް ވަޑައިގެންފިއެވެ.

ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދައުވަތަކަށް ރައީސް ކުރައްވާ މި ދަތުރުފުޅުގެ ތެރެއިން މިދިޔަ އަހަރުގެ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓު ނިންމުނު ކަންތައްތަކުގެ މައްޗަށް މަޝްވަރާކުރުން ކުރިއަށްދާނެ ކަމުގައި ރައީސް އޮފީހުން ބުނެއެވެ.

ރައީސް ޑރ މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ރިއާދަށް ވަޑައިގެނެނެވުމުން އެއަރޕޯޓުން އެ މަނިކުފާނަށް މަރުހަބާ ވިދާޅުވީ، އެ ޤައުމުގެ ޑެޕިއުޓީ ގަވަރުނަރު ޕްރިންސް މުހައްމަދު ބިން އަބްދުއްރަޙުމާން ބިން އަބްދުލްއަޒީޒެވެ.

https://x.com/presidencymv/status/1855810056694214807

އިސްލާމީ ޤައުމުތަކުގެ މަތީ ފަންތީގެ ވަފުދުތައް ހިމެނޭހެން ކުރިއަށް ގެންދާ މި ސަމިޓުގެ ތެރެއިން  އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ފަލަސްތީނާއި ލުބްނާނަށް ދެމުންދާ ހަމަލާތަކާއި، ސަރަހައްދީ ހުތޫރާތްތެރި މައްސަލަތަކާމެދު، ސަރަހައްދީ އިސްވާރުން ކުރައްވާ މަޝްވަރާގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެގޮތުން މިއަދު ކުރިއަށް ގެންދާ ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ގައުމީ ބަޔާން އިއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.

ފަލަސްޠީނާއި ލުބުނާނަށް ދެމުން އަންނަ ޙަމަލާތައް ކުއްވެރިކޮށް ރައީސް ޑރ މުހައްމަދު މުއިއްޒު އަންނަވަނީ އެ ޙަމަލާތައް ހުއްޓާލައި އެ ޤައުމުގެ ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ބައިންލައަޤްވާމީ ދުނިޔެއަށް ގޮވާލައްވައި އަޑު އުފުއްލަވަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-