ހުޅުމާލޭގައި ހުންނަ ރާކަނި ބީޗްގައި ދެ މީހެއްގެ ދެމެދުގައި މާރާމާރީއެއް ހިނގައިފިއެވެ.
ފުލުހުން ބުނެފައިވަނީ، ހުޅުމާލޭ ރާކަނި ބީޗްގައި ތިބި ދެމީހެއްގެ ދެމެދުގައި ދެބަސްވުމެއް ހިނގައި މާރާމާރީ ހިނގިކަމުގެ ރިޕޯޓް ފުލުހުންނަށް ރޭގެ ވަގުތެއްގައި ލިބިފައިވާކަމަށެވެ.
އަދި މި މައްސަލައާއި ގުޅިގެން ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކުރި މީހާގެ އިތުރު މައުލޫމާތެއް ހިއްސާކޮށްފައި ނުވައިރު މި މައްސަލައިގައި މީހަކަށް އަނިޔާވީކަމެއް ނުވަތަ ނޫންކަމެއްވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.