ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް ޙަރަކާތްތެރިވި ބޯޓެއް، އެމްއެންޑީއެފްގެ ޑްރޯން ބޭނުންކޮށްގެން ހޯދައި އަތުލައިގެންފިއެވެ.
މިއީ އެމްއެންޑީއެފްގެ އެއާ ކޯގައި ހިމެނޭ ޑްރޯން ބޭނުންކޮށްގެން މިފަދައިން އުޅަނދެއް އަތުލައިގެން ފުރަތަމަ ފަހަރުކަން ފާހަގަކޮށްލަންޖެހެއެވެ.
އެމްއެންޑީއެފުން ހާމަކުރި ގޮތުގައި މި ބޯޓު އަތުލައިގަތީ، ގުޅިގެން ރާއްޖޭގެ އުތުރުގެ ސަރަހައްދު ބެލެހެއްޓުމަށް ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
މިއީ ކޮން ޤައުމެއްގެ ބޯޓެއް ކަމެއް އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.
އެކަމަކު ބެލެވޭ ގޮތުގައި މިއީ އިންޑިއާ ނޫނީ ސްރީލަންކާ ހިސާބުގެ ބޯޓަށް ވުން ގާތެވެ.
އެއީ އެމްއެންޑީއެފުން ހިއްސާކުރި ފޮޓޯއަކުން މި ބޯޓުގެ ސިފަތަކާ އެ ޤައުމުގެ މީހުން ބޭނުން ކުރާ ބޯޓުތަކުގެ ސިފަ އާ އެއްގޮތް ގޮތެއް ހުރުމުންނެވެ.
އެގޮތުން ކޯސްޓްގާޑުން މި ބޯޓް އިންޓަސެޕްޓް ކުރުމަށްފަހު މިހާރު ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެއެވެ.