-Advertisement-

-Advertisement-

ކަނޑުހުޅުދޫގައި މާރާމާރީއެއް ހިނގައި އިތުރު ފަރުވާއަށް އެކަކު މާލެ ގެންނަނީ!

ކަނޑުހުޅޫދޫ

ގއ. ކަނޑުހުޅުދޫގައި ނުރައްކާތެރި މާރާމާރީއެއް ހިނގައި، އެތަނުން އެކެއްގެ ބޮޑެތި ބޮޑެތި ޒަޚަމްތަކެއް ލިބިއްޖެއެވެ.

ފުލުހުން ބުނީ ރޭ ހިނގި މި މާރާމާރީގައި ދެމީހުންނަށް ވެސް އަނިޔާވެފައިވާ ކަމަށާއި އެ ދެމީހުންނަށްވެސް ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

އޭގެ ތެރެއިން  އެކަކުގެ ކޮނޑު ކަށިގަނޑާއި ހަމައިން އިންޗެއް ކަފައިގެންގޮސް، އަތުގެ މުލައްދަނޑިން ވެސް އިންޗެއް ކަފައިގެން ގޮސްފައިވާ ކަމަށާއި އެ މިހާގެ ލޭ މަނާނުވުމުގެ ސަބަބުން އިތުރު ފަރުވާއަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ގއ. އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

އަދި އަނެއް މީހާގެ ބޮލުގެ ފުއްކިބައިން ދޮޅު އިންޗި ކަފައިގެންގޮސް، އޭނާގެ ކޮނޑު ހުޅަށް އަނިޔާވެފައިވީ ނަމަވެސް މިހާރު އެ މީހާގެ ހާލަތު ސްޓޭބަލްވަމުން އަންނަ ކަމަށްވެސް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުޤީގު ކުރަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-