-Advertisement-

-Advertisement-

ވިދިވިދިގެން ފަސްވަނަ ފަހަރަށް ދުނިޔޭގެ ލީޑިންގް ޑެސްޓިނޭޝަން އެވޯޑް ރާއްޖެއަށް!

އަނެއްކާވެސް ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑު ރާއްޖެއަށް - ފޮޓޯ/ މިނިސްޓަރު ފައިސަލް

ވިދިވިދިގެން ފަސްވަނަ ފަހަރަށް ދުނިޔޭގެ ލީޑިންގް ޑެސްޓިނޭޝަން އެވޯޑް ރާއްޖެއަށް ލިބިއްޖެއެވެ.

ފަތުރުވެރިކަމުގައި ދުނިޔޭގައި ފާހަގަކޮށްލެވޭ ޤައުމުތައް ކަމަށްވާ،  ދުބާއީ، އޮސްޓްރޭލިއާ، ގްރީސް، ސްޕެއިން، ވިއެޓްނާމް، އިންޑޮނީޝިއާ، އެމެރިކާ އަދި ޖެމެއިކާ ފަދަ ޤައުމުތަކާއި ވާދަކޮށް މި އަހަރުގެ ލީޑިން ޑެސްޓިނޭޝަން އެވޯޑް ރާއްޖެއިން ޙާސިލްކުރި އިރު މި އަހަރު މުޅިން އަލަށް ރާއްޖެއިން ވަނީ ވޯލްޑު ގްރީން ޑެސްޓިނޭޝަން އެވޯޑު ވެސް ހާސިލްކޮށްފައެވެ.

މީގެ އިތުރުންވެސް ރާއްޖެއަށް ވަނީ ދުނިޔޭގެ ލީޑިން ޑައިވް ޑެސްޓިނޭޝަން، ދުނިޔޭގެ ލީޑިން ހަނީމޫން ޑެސްޓިނޭޝަން ދުނިޔޭގެ ލީޑިން އައިލެންޑް ޑެސްޓިނޭޝަން އަދި ދުނިޔޭގެ އެންމެ ރޮމޭންޓިކް ޑެސްޓިނޭޝަންގެ އެވޯޑު ވެސް ލިބިފައެވެ.

މި އެވޯޑްތައް ލިބުމާއި ގުޅިގެން ފަތުރުވެރިކަމާއި ބެހޭ ވަޒީރު ފައިސަލް ނަސީމް ވިދާޅުވީ، މުފަދަ އެވޯޑްތައް ރާއްޖެއިން ޙާސިލްކުރުމުގެ ފަހަތުގައި ވަނީ، ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދާއިރާގެ އެންމެން ގުޅިގެން ކުރާ ބުރަ މަސައްކަތް ކަމަށާއި އަދި ދިވެހިރާއްޖޭން ފަތުރުވެރިންނަށް ދޭ ޚިދުމަތްތަކުގެ ފެންވަރު ހިފެހެއްޓުމަށް ކުރާ މަސައްކަތްކަމަށެވެ.

އަދި މިފަދަ އެވޯޑުތަކާ އެއްކޮށް ރާއްޖެ އިތުރަށް ޕްރޮމޯޓުކުރުމަށް މަގުފަހިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވޯލްޑް ޓްރެވެލް އެވޯޑްސްއަކީ ފަތުރުވެރިކަމުގެ ދާއިރާއާއި ދަތުރުފަތުރާއި މެހުމާންދާރީގެ ދާއިރާއިން ކުރިއަރަމުންދާ ޤައުމުތަކުގެ މަސައްކަތްތައް ފާހަގަކުރުމަށްޓަކައި 1993 ވަނަ އަހަރު ދެމުން އަންނަ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އެވޯޑެކެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-