-Advertisement-

-Advertisement-

ތައިލޭންޑް ސަފީރަކަށް ފުއާދު އައްޔަންކުރުމަށް ކޮމެޓީން ފާސްކޮށްފި

ފުއާދު ތައުފީގުގެ ބަޔޯގްރަފީ ނެރުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -ފޮޓޯ/ ރައީސް އޮފީސް

ދިވެހިރާއްޖެއިން ތައިލޭންޑަށް ކަނޑައަޅާ ސަފީރަކަށް އިލެކްޝަންސް ކޮމިޝަންސްގެ ކުރީގެ ރައީސް ފުއާދު ތަޢުފީޤު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ނިންމައިފިއެވެ.

އެ މަޤާމަށް ފުއާދު އައްޔަންކުރުމަށް އެ ބޭފުޅާގެ ނަންފުޅު މަޖިލިހަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ފޮނުއްވީ އިއްޔެއެވެ.

އެގޮތުން މިއަދު ކުރިއަށް ދިޔަ ކޮމެޓީގެ ބައްދަލުވުމުގައި އެ މަޤާމަށް ފުއާދު އައްޔަން ކުރުމަށް ފެންނަކަމަށް ފާސްކޮށްފައިވަނީ އެ ކޮމެޓީގައި ބައިވެރިވެ ވަޑައިގެން 9 މެމްބަރުންގެ އިއްތިފާޤުންނެވެ.

އެގޮތުން ފުއާދު ތަޢުފީޤަކީ ތަޖުރިބާކާރު ބޭފުޅެއް ކަމަށާއި، ދައުލަތަށް ވަރަށް ގިނަގުން ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއްގެ އިތުރުން  އެމައްސަލައިގައި ކޮމިޓީގައި ބައިވެރިވި މެމްބަރުން ނިންމި ނިންމުމަށް އިހުތިރާމް ކުރާ ކަމަށް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ފުއާދު ވަނީ 2008 ވަނަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން 2009ގެ ސެޕްޓެމްބަރާ ހަމައަށް އީސީގެ މެންބަރުކަން، އަދި ސެޕްޓެމްބަރު 2009 އިން ފެށިގެން މާޗު 2014 އާ ހަމައަށް އީސީގެ ރައީސްކަން ކުރައްވައިފައެވެ.

އެފަހުން 2019 ވަނަ އަހަރުގެ ނޮވެމްބަރު އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް އައްޔަން ކުރުމަށްފަހު 2021 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުން ފެށިގެން މި މަހުގެ 17 ވަނަ ދުވަހާއި ހަމައަށް ފުއާދު ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސްކަން އަދާކުރައްވައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-