ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލު މޫދުން ޒަޚާމްތަކާއެކު އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ބުނީ، ދަރުމަވަންތަ ހޮސްޕިޓަލާ ދިމާ ބޭރު ތޮށިގަނޑުކައިރީ މޫދުން ޒަޚަމްތަކަކާއެކު އޮތް ދިވެހި ފިރިހެނެއް ފެނިފައިވާކަމަށާއި އެ މީހާ މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައި ވާކަމަށެވެ.
ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރި ވަމުންނެވެ.
ފުލުހުން ބުނީ އޭނާގެ ބޮލަށް އަނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދޭ ކަމަށާއި އޭނާއަށް އަނިޔާވެފައިވަނީ އުޅަނދެއްގައި ޖެހިގެން ކަމަށް ބެލެވޭކަމަށެވެ.
މީސް މީޑިޔާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެންނަ ގޮތުގައި އޭނާ މޫދުން ނަގައިގެން އަށިގަނޑަކަށް ލައިގެން ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތުގައި ގިނަ އަދަދެއްގެ މީހުން ހަރަކާތްތެރި ވަމުން އަންނަތަން ފެނެއެވެ.