-Advertisement-

-Advertisement-

ޓީވީ ހިންގަން އެންސްޕާއިން އެޕާޓްމަންޓަށް ކުލި ދައްކައިދޭ ވާހަކަ އެ އެޖެންސީން ދޮގުކޮށްފި

ހީނާ ވަލީދު – ފޮޓޯ: އެންސްޕާ / އެކްސް

އެމްއެމް ޓީވީ ހިންގުމަށް އެންސްޕާއިން ދެ ފަންގިފިލާއަކަށް ކުލި ދައްކައިދޭ ކަމަށް ބުނެ މީސް މީިޑިޔާގައި ދައުރުވަމުން އަންނަ ވާހަކަތައް އެ އެޖެންސީން ދޮގުކޮށްފިިއެވެ.

އެންސްޕާއާއި ބެހޭ ގޮތުން ދޮގު ޚަބަރު ފެތުރުން ކުށްވެރިކޮށް އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުންޏާއި ގުޅިގެން ފަތުރަމުން އަންނަނީ ދޮގު ވާހަކަތަކެއް ކަމަށާއި އެންސްޕާގެ އޮފީސް އިމާރާތް ކުއްޔަށް ނެގުމުގެ މުއާމަލާތަކީ އެންސްޕާ އާއި ފިނޭންސް މިނިސްޓްރީ ގުޅިގެން އޮންނަ އުސޫލުތަކުގެ ތެރެއިން ކުރެވުނު މުއާމަލާތެއް ކަމަށެވެ.

އަދި މި މުއާމަލާތުގެ ހުރިހާ ތަފްސީލްތަކެއް އެންމެ ހާމަކަން ބޮޑުގޮތެއްގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމުގައެވެ.

މީގެ އިތުރުން އެޖެންސީ ހިންގުމަށް ބޭނުންވާ މުވައްޒަފުން ހޯދާ އެ މުވައްޒަފުންނަށް ޒިންމާތައް ހަވާލުކޮށްފައިވާނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށް އެންސްޕާގެ ބަޔާނުގައިވެއެވެ.

މީގެ އިތުުރުން ރައްޔިތުންގެ އިޖުތިމާއީ ރައްކާތެރިކަމާ ގުޅުން ހުރި މިފަދަ މުއައްސަސާއަކާ ގުޅޭ ގޮތުންނާއި މި މުއައްސަސާގެ މުވައްޒަފުންގެ ނަޒާހަތްތެރިކަމާ މެދުގައި ރައްޔިތުންގެ މެދުގައި ކަންބޮޑުވުމާއި ޝައްކު އުފެދޭ އުފެދޭ ގޮތަށް މައުލޫމާތު ފަތުރަމުން ދިއުން އެންސްޕާއިން ވަނީ ކުށްވެރިކޮށްފައެވެ.

ހަމަ އެޔާއެކު އެފަދަ ޚަބަރުތައް ފަތުރާ ފަރާތްތަކުގެ ޝަކުވާ ކަމާއި ގުޅުން ހުރި ފަރާތްތަކަށް ހުށަހަޅާނެ ކަމުގައި ވެސް އެންސްޕާގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި އެ އެޖެންސީއާއި ގުޅޭގޮތުން ފަތުރަމުން އަންނަ ވާހަކަތަކުގެ ތަޙުޤީގެއް ހިންގައި ތަފްސީލު ރައްޔިތުންނަށް ހާމަކުރުމަށް އެންސްޕާއިން ވަނީ ގޮވާލައިފައެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-