-Advertisement-

-Advertisement-

އެކި މައްސަލަތަކުގައި މިއަހަރު 20 ފުލުހަކު ވަޒީފާއިން ވަކިކޮށް 50 ފުލުހަކަށް ފިޔަވަޅު އަޅައިފި

ޕޮލިސް ކޮމިޝަނާ އަލީ ޝުޖާއު. ފޮޓޯ: މިހާރު

ފުލުހުންނަކީ ނުފޫޒުން ސަލާމަތްވެ، ކުށްތަކުން އެއްކިބާވެފައި ބަޔަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އަހަރުގެ މިހާތަނަށް 50  ފުލުހަކަށް ފިޔަވަޅު އަޅައި، 20 ފުލުހުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް އެއް އަހަރުވުން ފާހަގަކުރުމުގެ ގޮތުން ދައުލަތުގެ މީޑިއާއަށް “ޕީއެސްއެމް” އިން ގެނެސްދޭ ހަފްތާ 52 ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން  ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ، ފުލުހުންގެ ޤަވާއިދާ އުސޫލުތަކާއި ޚިލާފަށް އެއްވެސް ފުލުހަކު އަމަލުކޮށްފި ނަމަ އޮންނަ އުސޫލުގެ ތެރެއިން އެ މީހަކާއި މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

އެގޮތުން މި އަހަރުގެ މިހާތަނަށް ހުށަހެޅުނު އެކި މައްސަލަތަކުގައި 50 އަށްވުރެ ގިނަ ފުލުހުންނަށް ފިޔަވަޅު އަޅައި 20 ފުލުހުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ހަމައެޔާއެކު ފުލުހުންނާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ހިނގޭ ތަޙުޤީގުތަކަށްވެސް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމުގައި ޝުޖާއުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މީގެ އިތުރުން ޝުޖާއު ފާހަގަކުރެއްވި ގޮތުގައި ފުލުހުންގެ އުސޫލު އޮންނަގޮތުން އެގޮތަށް ބެލޭ މައްސަލަތަކާއި ވަކިކުރެވޭ ފުލުހުންގެ މައުލޫމާތު ހާމަނުކުރާ ގޮތަށް މިގެ ކުރިން އޮތް ނަމަވެސް މިހާރު އެބޭފުޅުންގެ ސިޔާސަތަކީ އެހެން މައްސަލަތަކުގައި މީޑިއާތަކަށް މައުލޫމާތު ދޭ އުސޫލުން ފުލުހުންނާއި ބެހޭ ގޮތުން ހުށަހެޅޭ މައްސަލަތަކުގެ މައުލޫމާތު ވެސް މީޑިއާތަކަށް ހާމަ ކުރުން ކަމަށެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-