-Advertisement-

-Advertisement-

ސިއްޙީ ޙާލުކޮޅު ތަންނުދެއްވާތީ މިނިސްޓަރ ރަމީލާ މަޤާމުން އިސްތިއުފާދެއްވައިފި

ސިއްޙީ ޙާލުކޮޅު ތަންނުދެއްވާތީ އެގްރިކަލްޗަރ މިނިސްޓަރ ރަމީލާ މަޤާމުން އިސްތިއުފާދެއްވައިފިއެވެ.

މިކަން ހާމަކޮށް ރައީސް އޮފީހުން ބުނެފައިވަނީ، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ މިނިސްޓަރުގެ މަޤާމުން އިސްތިއުފާދެއްވުމަށް މިނިސްޓަރ ރަމީލާ ހުށަހަޅުއްވާފައިވާ ކަމަށާއި އަދި އެ ހުށަހެޅުންތައް ރައީސް ޤަބޫލުވެސް ކުރައްވައިފައިވާކަމަށެވެ.

މަޤާމުން އިސްތިއުފާދެއްވި ސަބަބެއްކަމުގައި ރައީސް އޮފީހުން ބުނެފައިވަނީ، އެކަމަނާގެ ސިއްހީ ހާލުކޮޅު ތަން ނުދެއްވުމެވެ.

ރަމީލާ އެގްރިކަލްޗަރ މިނިސްޓަރ ކަމަށް އައްޔަން ކުރީ ނޮވެމްބަރު 17، 2023 ގައެވެ. މަޤާމާއި ހަވާލުވެ ވަޑައިގެން ފަހުން ކެންސަރުގެ ނުރައްކާތެރި ބަލީގެ ޝިކާރައަކަށް އެކަމަނާ ވެވަޑައިގެންނެވިއެވެ. މިނިސްޓަރު ކަމުގެ ޒިންމާ އަދާކުރައްވަމުން ރަމީލާ ގެންދެވީ ކެންސަރު ބައްޔަށް ވެސް ފަރުވާ ހޯއްދަވަމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-