-Advertisement-

-Advertisement-

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު!

ހުދު ސަމާލު

މިއަދު ހެނދުނު ގެ ވަގުތުތަކުގައި މުޅި ރާއްޖެއަށްވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި މިއަދު ހެނދުނުގެ ވަގުތުތަކުގައި މުޅި ރާއްޖެއަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް އެ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހެނދުނު 10:15 އާއި ހަމައަށެވެ.

އެ އިދާރާއިން ނެރުނު ހުދު ސަމާލުގައި ބުނެފައިވަނިީ، ސަމާލުގެ ވަގުތުތަކުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަަމަށް ލަފާކުރެވޭ ކަމަށެވެ.

މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ވިއްސާރަ ކުރަމުން ދާތީ މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އަންނަނީ ކޮންމެ ދުވަހަކުހެން އެކި ސަރަހައްދުތަކަށް ސަމާލު ނެރެމުންނެވެ.

-Advertisement-

-Advertisement-

-Advertisement-

ގުޅުންހުރި

-Advertisement-